ENGLISH

26 ޑިސެމްބަރު 2025

Advertisement

އެއްބައިވަންތަކަމުގެ ދުވަހުގެ ތަހުނިޔާ ނައިބުރައީސް ފޮނުއްވައިފި

26 ޑިސެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފު، ފޮޓޯ: ރައީސް އޮފީސް

މިއަދު ފާހަގަކުރަމުންދާ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފު ފޮނުއްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސޯޝަލް މީޑިޔާގައި ޝާއިއުކުރެއްވި ޕޯސްޓެއްގަައި ވިދާޅުވީ މީގެ 21 އަހަރު ކުރިން ރާއްޖެއަށް އެރި ސުނާމީގައި ދުނިޔެ ދޫކުރި އަހުންނާއި އުހުތުންނަަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކޮށްދެއްވުން އެދިވަޑައިގެން މާތްﷲގެ ޙަޟްރަތުގައި ދުއާ ދަންނަވާ ކަމަށެވެ. 

2004 ވަނަ އަހރުގެ ޑިސެންބަރު މަހުގައި ރާއްޖެއަށް އެރި ސުނާމީގައި 82 މީހުން ނިޔާވިއިރު 26 މީހަކުވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. 

އެ ހާދިސާއާ ގުޅުވައި ސުނާމީ އެރި ދުވަސް ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އެ ހިތާމަވެރި ދަނޑިވަޅުގައި ރާއްޖޭގެ ރައްޔިތުން އެކަތިގަނޑަކަށްވެ އެއްބަޔަަކު އަނެއް ބަޔަކަށް އެހީތެރިވިދީ މަދަދު ފޯރުކޮށްދިނުމުގައި ދެއްކި ނަމޫނާ ފާހަގަކުރުމުގެ ގޮތުންނެވެ. 

އެގޮތުން ސުނާމީގައި ގެއްލުންވި ރަށްރަށުގެ މީހުން ވަގުތީ ގޮތުން އެހެން ރަށްރަށަށް ބަދަލުކުރުމާއެކު، އެމީހުން ހިޖުރަކުރި ރަށްރަށުގެ ރައްޔިތުން އެމީހުންނާމެދު ބެހެއްޓީ އާދަޔާ ހިލާފު އޯގާތެރިކަމެކެވެ. އަމިއްލަ ގެދޮރުގައި ވަގުތީ ގޮތުން އެމީހުންނަށް ދިރިއުޅެވޭނެ ގޮތް ހަމަޖައްސައި، އެކި ބާވަތުގެ އެހީތެރިކަން ފޯރުކޮށްދިނެވެ. 

ކިޔުންތެރިންގެ ހިޔާލު