ENGLISH

26 ޑިސެމްބަރު 2025

Advertisement

ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ މިސްކިތް ހުޅުވައިފި

26 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ހުޅުމާލެ ފޭސް ދޭއް ގައި އަލަށް ޢިމާރާތް ކުރެވުނު މިސްކިތް

ހުޅުމާލެ ފޭސް ދޭއް ގައި އަލަށް ޢިމާރާތް ކުރެވުނު މިސްކިތް ހުޅުވައިފި އެވެ.

ހުޅުމާލެ މަސްޖިދުލްއީމާން ރަސްމީކޮށް ހުޅުވީ މިއަދު ހުކުރު ނަމާދަށް ފަހުގަ އެވެ. އެ މިސްކިތުގައި ކުރެވުނު ފުރަތަމަ ހުކުރު ނަމާދު އިމާމުވެ ކުރެއްވީ ޒުވާން ޚަޠީބު އަލްޙާފިޒު ޢުވައިސް ބިން އިނާޒު އެވެ.

މިއީ ހެޔޮ އެދޭ ފަރާތަކުން އިމާރާތްކޮށްފައިވާ މިސްކިތެކެވެ. މިއީ މިސްކިތުގެ ޑިޒައިނާއި އެތެރޭގެ ޑިޒައިން ވެސް ވަަރަށް ފުރިހަމަ ރީތި މިސްކިތެކެވެ.

މި މިސްކިތަކީ ތިން ފްލޯ ހިމެނޭ މިސްކިތެކެވެ. އެއް ފަހަރާ 1200 މީހުންނަށް ނަމާދު ކުރެވޭނެ އެވެ.

ހުޅުމާލޭގެ ފޭސް ދޭއްގައި މީހުން އާބާދުވެ ދިިރިއުޅެން ފެށިތާ އަހަރުތަކެއްވީނަމަވެސް މިސްކިތްތަކާއި ސުކޫލުތައް އެކަށީގެންވާ މިންވަރަށް ނެތުމުގެ މައްސަލަ ބޮޑެވެ. އެހެން ކަމުން މިސްކިތްތަކާއި ސުކޫލުތައް އިމާރާތް ކުރުމަށް މި ސަރުކާރުން ބޮޑު އިސްކަމެއް ދެއްވަ އެވެ. އަދި ފަށާފައިވާ އެފަދަ މަޝްރޫޢުތައް އަވަހަށް ނިންމުމަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ދަނީ މަސައްކަތް ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު