ENGLISH
26 ޑިސެމްބަރު 2025
އަންނަ އަހަރު އަލަށް އައިޔޫއެމް އާ ގުޅޭ ދަރިވަރުންނަށް އައު ސްކޮލަރޝިޕް ސްކީމެއް
26 ޑިސެމްބަރު 2025
|
އައިޔޫއެމް އާ ގުޅޭ ދަރިވަރުންނަށް އައު ސްކޮލަރޝިޕް އެއް ތައާރަފްކުރުން--ފޮޓޯ:އައިޔޫއެމް
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އަށް އަންނަ އަހަރު އަލަށް ގުޅޭ ދަރިވަރުންނަށް ޚާއްޞަކޮށްގެން އައު ސްކޮލަރޝިޕްއެއް ސްކީމެއް ތަޢާރަފްކޮށްފި އެވެ.
އައިޔޫއެމް އިން ބުނީ، މި ސްކީމްގެ މައިގަނޑު މަޤްސަދަކީ ޔުނިވަރސިޓީއަށް އަލަށް ގުޅޭ ދަރިވަރުންނަށް ހިތްވަރު ދިނުމާއި، މަތީ ތަޢުލީމަށް ދަރިވަރުންގެ ޝައުޤުވެރިކަން އިތުރުކުރުން ކަމަށެވެ.
މި ސްކޮލަރޝިޕް ސްކީމްގެ ފުރަތަމަ ބުރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ އިންޓޭކްއާ އެކުގައި ކަމަށާއި،އަދި މި ސްކީމްގެ ދަށުން ޖުމްލަ 25 ފުރުޞަތެއް ހުޅުވާލާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދިވެހި ދަރިވަރުންނަށް ޚާއްޞަ 20 ފުރުޞަތާއި ބޭރުގެ ދަރިވަރުންނަށް ޚާއްޞަ 5 ފުރުޞަތެއް ކަމަށް އެ ޔުނިވަރސިޓީއިން ވަނީ ބުނެފަ އެވެ.
އައިޔޫއެމް އިން ބުނެފައިވަނީ، މި ސްކޮލަރޝިޕްއަށް ހޮވޭ ދަރިވަރުންނަކީ 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކިޔެވުން ފަށާ ދަރިވަރުންކަމުގައި ވާން ޖެހޭނެކަމަށެވެ. އަދި މި ސްކީމްގެ ދަށުން ކިޔަވާ ދަރިވަރުން ޔުނިވަރސިޓީއަށް ދައްކަންޖެހޭ ޓިއުޝަން ފީއާއި އެޑްމިން ފީ ދައްކަން ނުޖެހޭނެ ކަމަށްވެސް ބުންޏެވެ.
ސްކޮލަރޝިޕްއަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ފުރުޞަތު އީމެއިލް މެދުވެރިކޮށް ނުވަތަ ގޫގަލް ފޯމް މެދުވެރިކޮށް ހުށަހެޅުމުގެ ހުޅުވާލެވިފައިވާ ކަމަށްވެސް ވަނީ ބުނެފަ އެވެ. މީގެ އިތުރުން އެ ޔުނިވަރސިޓީގެ އެޑްމިޝަން ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހެޅުމުގެ އިންތިޒާމުވެސް ހަމަޖެހިފައިވާނެ ކަމަށް ބުންޏެވެ.
މި ސްކޮލަރޝިޕްތަކަށް އެދި ހުށަހެޅުމުގެ އެންމެ ފަހު
ސުންގަޑިއަކީ އަންނަ މަހުގެ 31 ވާ ހޮނިހިރު ދުވަހެވެ.