ENGLISH

27 ޑިސެމްބަރު 2025

Advertisement

ސަރުކާރުން މީޑިއާތަކަށް ދިނުމަށް ހަމަޖެހިފައިވާ މާލީ އެހީތެރިކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

26 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

މީޑިއާތަކަށް ދިނުމަށް ހަމަޖެހިފައިވާ މާލީ އެހީތެރިކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން--ފޮޓޯ:އެމްއެމްބީސީ

ސާރުކާރުން މީޑިއާތަކަށް 2025 ވަނަ އަހަރު ދިނުމަށް ހަމަޖެހިފައިވާ މާލީ އެހީތެރިކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފި އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން ބުނީ، މި ފުރުސަތަށް އެދި ހުށަހެޅޭނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި، ބްރޮޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޮޑްކާސްޓަރުންނަށް ކަމަށެވެ. އެ އިދާރާއިން ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ، އެ ފުރަސަތަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މިހިގާ ޑިސެމްބަރުމަހުގެ 28 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 ކަމަށެވެ.

މާލީ އެހީތެރިކަމަށް އެދި ހުށަހަޅަން ޖެހެނީ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. އެގޮތުން ޕްރޮޕޯޒަލް ހުށަހެޅުމަށްޓަކައި "ވަންގަވް" ގެ ތެރޭގައި ޤާއިމްކޮށްފައިވާ "މީޑިއާއެޕް" mediaapp.one.gov.mv މެދުވެރިކޮށް ހުށަހެޅުމަށް އެ ކޮމިޝަނުން ވަނީ އެދިފަ އެވެ.

އެ ކޮމިޝަނުން ބުނީ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާބެހޭ އުސޫލު މިހާރު ގެޒެޓްކޮށްފައިވާނެ ކަމަށެވެ. މި އުޞޫލުގައި މާލީ އެހީތެރިކަަމަށް އެދޭ މީޑިއާތަކާއި،އެހީއަށް އެދުމަށްޓަކައި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި ތަފްޞީލްތައް ހިމަނާފައިވާނެ ކަމަށެވެ. މީގެ އިތުރަށް އެހީ ލިބޭ ފަރާތްތަކަށް ލިބޭ ޕޮއިންޓްވެސް ޕޯޓަލްތެރެއިން ފެންނަން ހުންނާނެ ކަމަށާއި، އަދި ޝަކުވާ ބަލައިގަނެ ޝަކުވާ ހުށަހެޅުމުގެ އިންތިޒާމްވެސް ޕޯޓަލްގައި ގާއިމްކުރެވިފައިވާނެ ކަމަށް އިއުލާންގައިވަނީ ބުނެފަ އެވެ.

މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް 2025 ވަނަ އަހަރުގެ ބަޖެޓުގައި މިކަމަށް ބޭނުންވާ ފައިސާ ވަނީ ކަނޑައަޅައިފަ އެވެ.

މާލީ ގޮތުން އަމިއްލަ މީޑިއާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމަކީ، އެ މީޑިއާތަކަކީ މާލީ ގޮތުން ފުދުންތެރި، އެހެން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެ އަމިއްލަ ރައުޔަށް ކަންތައްތައްކުރުމުގެ ބާރުވެރިކަން ހޯދާއި ދިނުން ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ

ކިޔުންތެރިންގެ ހިޔާލު