ENGLISH
27 ޑިސެމްބަރު 2025
ތަރިކައަކީ ޤައުމެއް ދެމިއޮތުމުގައި މުހިއްމު ދައުރެއް އަދާކުރާ އެއްޗެއް؛ވަޒީރު އާދަމް ނަޞީރު އިބްރާހިމް
26 ޑިސެމްބަރު 2025
|
ރ.މީދޫގެ ރައްޔިތުންނަށް ދެއްވި ޚާއްޞަ މަލާފަތުގައި ވާހަކަފުޅުދައްކަވަމުން
ތަރިކައަކީ ޤައުމެއް ދެމިއޮތުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެއްކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެން ވިދާޅުވެފައިވަނީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހާ ބެހޭ ހަރަކާތްތައް ޝަރަފުވެރުކޮށްދެއްވުމަށް ބ.ތުޅާދޫއަށް ވަޑައިގެން، ރޭ ބ.ތުޅާދޫގެ ރައްޔިތުން ރ.މީދޫގެ ރައްޔިތުންނަށް ދެއްވި ޚާއްޞަ މަލާފަތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ތަރިކައިގެ ދެ ބާވަތެއްކަމުގައިވާ އުމްރާނީ ތަރިކައާއި މާނަވީ ތަރިއަށް ވަޒީރުގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފަ އެވެ. މިގޮތުން ވަޒީރު ވިދާޅުވީ ޤައުމެއްގެ ބަޔަކު އެއްބައެއްގެ ގޮތުގައި ހަދާދޭ އެއްޗަކީ އެ ބައެއްގެ ތަރިކަ ކަމުގައިކަމަށާއި، އަދި އެބައެއްގެ ނިޝާންތަކާއި އަސަރުތަކާއި އެ ބައެއްގެ ކާބަފައިންގެ ޤާބިލުކަމާއި ކުޅަދާނަކަމުގެ ރަމުޒުތަކާއި އެއިން ލިއްބަދޭ މާނަތަކުގެ އިތުރުން ކާބަފައިން އުފުއްލެވި ތަކުލީފުތަކާއި ވެދެއްވި ޤުރުބާނީތައް އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދޭ އެއްޗަކީ ތަރިކަ ކަމަށް ސިފަކުރެއްވި އެވެ.
މާނަވީ ތަރިކައާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އެއްބަޔަކު އަނެއްބަޔަކާ ދިމާވެ ދައްކާ ވާހަކަތަކާއި، ހިއްސާކުރާ ވާސްތާތަކުގެ އިތުރުން ތަޖުރިބާ ކުރާ ތަޖުރިބާތަކަކީ މާނަވީ ތަރިކަ ކަމަށެވެ. އެ ބައެއްގެ ހަނދާންތަކާއި ދިރުންތަކުން ގެނެސްދެނީ އެ ބައެއްގެ ޤައުމިއްޔަތުކަމަށާއި އަދި އެ ބައެއްގެ އަޚުލާޤު އާއި އެ ބަޔަކީ ކޮންކަހަލަ އިޚްލާސްތެރި ހިތްތަކެއްގެ ބައެއްކަންކަންވެސް ސިފަވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.
އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ތަރިކައިގެ ޤައުމީ މަޝްރޫޢޫގެ މަޤުޞަދަކީ އެ ޒަމާނަށް މީހުން ގެންދިއުމުގެ އިތުރުން، އެންމެންގެ ހިތްތަކުގައި އޯގާތެރިކަމާއި އިހުސާންތެރިކަމުން ފުރިގެންވާ ބަޔަކަށް ދިވެހިން ހެދުންކަމަށް ވަޒީރު ވިދާޅުވި އެވެ. މީގެ އިތުރުން ދިވެހީންގެ ރޫޙާއި މުރާލިކަން ގެނައުމަކީވެސް ތަރިކަ އާލާ ދިރުވުމުގެ މަޤްޞަދެއް ކަމަށް ވިދާޅުވި އެވެ.