ENGLISH
21 މާރިޗު 2026
ބަލާ ފާސްކުރަން އުޅުމުން އިންޒާރުދީ ހަމަލާ ދީފި، ތިން މީހަކު ހައްޔަރު
26 ޑިސެމްބަރު 2025
|
ބަލާ ފާސްކުރަން އުޅުމުން އިންޒާރުދީ މާރާމާރީ ހިންގުމުގެ ތުހުމަތު އޮތް ތިން މީހުން -- ފޮޓޯ: ޕޮލިސް
އެންމެ މަޤްބޫލު
ޖިނާއީ ކުށެއް ކުރަން އުޅޭ ކަމަށް ތުހުމަތު ކުރެވިގެން ބަލާ ފާސްކުރަން އުޅުމުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި އިންޒާރުދީ މާރާމާރީ ހިންގުމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ވަނީ އެެ މީހުންގެ ފޮޓޯއާ ވަނަވަރު އާންމުކޮށްފަ އެވެ. އެއީ ދިވެހި ތިން ޒުވާނުންނެވެ.
ފުލުހުން ބުނި ގޮތުގައި މާލެ, އިއްޒުއްދީން މަގާއި ގަދަކޯޅި މަގު ގުޅޭ ކަންމަތީގައި ގުރޫޕް ހަދައިގެން ތިބި ބަޔަކު, ފުލުުހުން ފެނުމުން އެ މީހުންގެ އަމަލުތައް ހުރި ގޮތުން ޖިނާއީ ކުށެއް ކުރަން އުޅޭ ކަމަށް ތުހުމަތު ކުރެވިގެން ބަލާ ފާސްކުރަން އުޅުމުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި އިންޒާރު ދީ އަދި ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވެ އެވެ.
އެ މައްސަލައާ ގުޅިގެން ތިން މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން ބަންދަށް ވަނީ މުއްދަތު ދީފަ އެވެ. އެކަކަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދިނެވެ. އަނެއް ދެ މީހުންގެ ތެރެއިން އެކަކަށް ފަސް ދުވަސް އަނެކަކަށް ދެ ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފަ އެވެ.
މި ތިން މީހުންނަކީ ވެސް ޖިނާއީ ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށް ފުލުހުން ބުންޏެވެ.