ENGLISH

21 މާރިޗު 2026

Advertisement

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ކާވާ ވިމެންސް ކަޕްގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވައިފި

25 ޑިސެމްބަރު 2025

|

މުޙައްމަދު އަދުހަމް

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު، ކާވާ ވިމެންސް ކަޕްގެ ޗެމްޕިއަން ޓީމަށް ޓްރޮފީ ހަވާލުކޮށްދެއްވަނީ. ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު، ކާވާ ވިމެންސް ކަޕްގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މިރޭ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު ފައިނަލް މެޗުގައި ކިރްގިސްތާނުން ވަނީ ފަހަތުންއަރައި 3-1 ސެޓުން ރާއްޖެ ބަލިކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި 25-20 އިން ރާއްޖެ ކުރިހޯދާފައިވަނިކޮށް، ކިރްގިސްތާނުން ވަނީ ދެން ޖެހިގެންއައި ތިން ސެޓުގައި 25-22، އާއި 25-17، އަދި 25-21 އިން ކުރިހޯދައި، މެޗު ވެސް ކާމިޔާބުކޮށްފައެވެ.

މެޗަށްފަހު ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ވަނީ، މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކިރްގިސްތާނަށް މެޑެއްޔާއި، ޓްރޮފީ ދެއްވާފައެވެ.

މި ފަހަރުގެ މުބާރާތުގައި މުޅިއެކު ހަތަރު ގައުމަކުން ވާދަކުރިއެވެ. އެއީ، ރާއްޖެއާއި ކިރްގިސްތާންގެ އިތުރުން އަފްޣާނިސްތާން އާއި ބަންގްލަދޭޝް އެވެ.

ކިޔުންތެރިންގެ ހިޔާލު