ENGLISH

26 ޑިސެމްބަރު 2025

Advertisement

ފަރެސްމާތޮޑާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން އެމްޓީސީސީއަށް

25 ޑިސެމްބަރު 2025

|

މުޙައްމަދު ސަދާދު

ފަރެސްމާތޮޑާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު، އެމްޓީސީސީގެ ޑީއެމްޑީ މުޙައްމަދު ޖަމްޝީދު، އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު - ފޮޓޯ: އެމްޓީސީސީ

ގދ. ފަރެސްމާތޮޑާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

142.67 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން 18 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 620 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާއިރު، މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 270 ދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ.

ފަރެސްމާތޮޑާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު، އެމްޓީސީސީގެ ޑީއެމްޑީ މުޙައްމަދު ޖަމްޝީދު، އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު - ފޮޓޯ: އެމްޓީސީސީ

އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި، ބިނާރާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި، މި މަޝްރޫޢު ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބާއި އެމްޓީސީސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދުވެސް އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

1800 މީހުންގެ އާބާދީއެއް އޮންނަ ފަރެސްމާތޮޑާއަކީ ޒަމާނުއްސުރެ ބޯހިޔާވަހިކަމުގެ ދަތިކަން ދިމާވެފައިވާ ރަށަކަށް ވާއިރު، މި މަޝްރޫޢާއެކު ރަށަށް އިތުރުވެގެންދާ ބިމުގެ ސަބަބުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެއެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމުމުން، އުދައެރުމާއި ރަށް ގިރުމުގެ މައްސަލައަށްވެސް ބޮޑު ހައްލެއް ލިބޭނެ ކަމުގައި އެމްޓީސީސީ އިން މަޢުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު