ENGLISH
25 ޑިސެމްބަރު 2025
ބޮޑު ބަންދުގައި 7700 ވުރެ ގިނަ ދިވެހީން ޢުމްރާގެ އަޅުކަަމަށް
25 ޑިސެމްބަރު 2025
|
މިދިޔަ މަހު އުމްރާގެ އަޅުކަމަށް ބައެއް ދިވެހީން މައްކާގައި -- ފޮޓޯ: އެމްއެމްޓީވީ
މި ފެށުނު ބޮޑު ބަންދުގައި 7700 ވުރެ ގިނަ ދިވެހީން ޢުމްރާގެ އަޅުކަަމަށް މައްކާއަށް ދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފި އެވެ.
އެ ވުޒާރާއިން މިއަދު ބުނީ މި ޑިސެންބަރު މަހާއި ޖެނުއަރީ މަހު ރާއްޖެއިން 7726 މީހުން ޢުމްރާގެ އަޅުކަން އަދާކުރަން މައްކާއަށް ދާނެ ކަމަށެވެ. މިއީ އެކި ގުރޫޕްތަކުގެ ހަވާލުގައި އުމްރާގެ އަޅުކަމަށްދާ މީހުންގެ އަދަދެވެ.
އަދި އަމިއްލަ ގޮތުން އުމްރާގެ އަޅުކަމަށްދާ މީހުންނާއެކު އެ އަދަދު އިތުރުވާނެ އެވެ. ސަޢުދީން މިހާރު ހަަމަޖައްސާފައިވާ އުސޫލުތަކުން އަމިއްލަ ގޮތުން ޢުމްެރާގެ އަޅުކަމަށް ދިއުމަކީ ވަރަށް ފަސޭހަ ކަމެކެވެ.
ބޮޑު ބަންދާއި ދިމާކޮށް ޢުމްރާގެ އަޅުކަމަށްދާ ދިވެހީންގެ އަދަދު އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ. މިއީ ވަރަށް ހެޔޮ ބަދަލެކެވެ.
އުމްރާގެ އަޅުކަމަށް ދިވެހީން ގެންދާ ގުރޫޕްތައް ގިނައިރު ގުރޫޕްތަކުގެ އިންތިޒާމުތަކާއި ކަނޑައެޅިފައިވާ ތާރީޚަށް ޢުމްރާވެރީންނަށް ފުރޭނެކަން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ޔަޤީން ކުރެ އެވެ. ކުރިއާ ޚިލާފަށް އެކަންކަން ބެލުމުގައި އެ ވުޒާރާއިން އިތުރަށް ސަމާލުކަން ދެ އެވެ.