ENGLISH
25 ޑިސެމްބަރު 2025
އޮސްޓްރޭލިއަން އޯޕަންގެ ފައިނަލް ބަލައިލަން ދިޔުމުގެ ނަސީބުވެރިޔާ ހޮވައިފި
25 ޑިސެމްބަރު 2025
|
ބޭންކް އޮފް މޯލްޑިވްސް އާއި މާސްޓަރކާޑު ގުޅިގެން ހިންގި އޮސްޓްރޭލިއަން އޯޕަން ޕްރޮމޯޝަންގެ ނަސީބުވެރިޔާ މުޙައްމަދު ދިފްރާން ޢަޒީޒް - ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް އާއި މާސްޓަރކާޑު ގުޅިގެން ހިންގި އޮސްޓްރޭލިއަން އޯޕަން ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް މުޙައްމަދު ދިފްރާން ޢަޒީޒް ހޮވައިފިއެވެ.
ބީއެމްއެލުން މަޢުލޫމާތު ދޭ ގޮތުގައި މި ޕްރޮމޯޝަންގެ ދަށުން އޮސްޓްރޭލިއަން އޯޕަން 2026 ގެ ފައިނަލް މެޗުތައް ބަލާލުމަށް ނަސީބުވެރިޔާއަށާއި އިތުރު ފަރާތަކަށް ހަތަރު ދުވަހުގެ ދަތުރެއް ލިބިގެންދާނެއެވެ. މި ދަތުރުގެ ދެކޮޅު ޓިކެޓުގެ އިތުރުން ހުރުމާއި، ކެއުމާއި، މެޗު ބަލާލުމުގެ ޓިކެޓް ދެ މީހުންނަށް ފޯރުކޮށްދެވޭނެ ކަމަށް ވެސް ބޭންކުން މައޫލޫމާތުދެއެވެ.
ސެޕްޓެމްބަރު 1 އިން އޮކްޓޫބަރު 31 ގެ ނިޔަލަށް ކުރިއަށްދިޔަ މި ޕްރޮމޯޝަނަކީ ބީއެމްއެލް މާސްޓަރކާޑު ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ޚާއްޞަކޮށްގެން، ކަސްޓަމަރުންނަށް ތަފާތު ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ކުރަމުންދާ މަސައްކަތުގެ ދަށުން ހިންގި ޕްރޮމޯޝަނެއް ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު މެޗެއް ބަލައިލުމުގެ ފުރުޞަތާއި، ކޮލަމްބޯ ފެޝަން ވީކް ތަޖުރިބާ ކުރުމުގެ ފުރުޞަތުގެ އިތުރުން ޗެމްޕިއަންސް ލީގު ފައިނަލްގައި "ޕްލޭޔަރ މެސްކޮޓް"ގެ ގޮތުގައި ބައިވެރިވުމުގެ ފުރުޞަތު ހިމެނޭހެން ގިނަ ޕްރޮމޯޝަންތަކެއް މިއަހަރު ތެރޭގައި ވެސް ބީއެމްއެލް އިން ވަނީ މާސްޓަރކާޑާ ގުޅިގެން ހިންގާފައެވެ.
މާސްޓަރކާޑަކީ އޮސްޓްރޭލިއަން އޯޕަންގެ އޮފިޝަލް ސްޕޮންސަރެވެ. އަދި ބީއެމްއެލް އަކީ ރާއްޖޭގައި މާސްޓަރކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ.