ENGLISH

25 ޑިސެމްބަރު 2025

Advertisement

އެޗްޑީސީ އާއި ސަލަފް ޖަމިއްޔާ ގުޅިގެން ފޭސް 2 ގައި ދަރުހެއް ބާއްވަނީ

25 ޑިސެމްބަރު 2025

|

މަރިޔަމް ލީމް

ދިވެހި މުޖުތަމަޢުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އައި ޖަމިއްޔަތުއްސަލަފް ގުޅިގެން ހުޅުމާލެ ފޭސް 2 ގައި މާދަމާރޭ ޚާއްސަ ދަރުހެއް ބާއްވަން ނިންމައިފި އެވެ.

"ފޭރާން" މި މައުޟޫއަށް ޚާއްސަކޮށްފައިވާ ދަރުސް އޮންނާނީ ހުޅުމާލެ ރުއްގަނޑު 3 ސަރަހައްދުގައި ރޭގަނޑު 08:30 ގައެވެ. ދަރުސް ދެއްވާނީ ޖަމްޢިއްޔަތުއްސަލަފްގެ ނައިބު ރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރުއެވެ. 

ޖަމްޢިއްޔަތުއްސަލަފާއި އެޗްޑީސީގެ ފަރާތްތަކުން ވަނީ މާދަމާ ރޭ ބާއްވާ މި ދަރުހުގައި އާންމުންގެ ތެރެއިން ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވުމަށް އިލްތިމާސްކޮށްފައެވެ. 

މިއަހަރުގެ ތެރޭގައި އެކަނި ވެސް ޖަމްޢިއްޔާއިން ވަނީ ތަފާތު އެކިއެކި ޙަރަކާތްތައް ކުރިޔަށްގެންގޮސްފައެވެ. މިފަދަ ހަރަކާތްތަކުގައި އެކި ފަރާތްތަކުން ފޯރުކޮށްދޭ އެހީތެރިކަމާއި ދެއްވާ އެއްބާރުލުން ފާހަގަކޮށް، ޚާއްސަކޮށް އެޗްޑީސީއިން އެކި ގޮތްގޮތުން ދެއްވާ އެހީތެރިކަމަށް ޖަމްޢިއްޔާއިން ވަނީ ޝުކުރުއަދާކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު