ENGLISH

25 ޑިސެމްބަރު 2025

Advertisement

ޤައުމީ ކުތުބުޚާނާއަށް 50 ފަރާތަކުން 3911 ފޮތް ހަދިޔާކޮށްފި

25 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ޤައުމީ ކުތުބުޚާނާއަށް 50 ފަރާތަކުން 3911 ފޮތް ހަދިޔާކޮށްފި އެވެ.

ޒުވާނުން ބާރުވެރި ކުރުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބުނީ، ޤައުމީ ކުތުބުޚާނާ އަށް ތަކެތި ޖަމާކުރުމުގެ ޤާނޫނުގެ ދަށުން ހަވާލުކުރި ތަކެއްޗާއި އާންމު ފަރާތްތަކުން ހަވާލު ކުރި ތަކެއްޗާއެކު މިއަހަރު ޖުމްލަ 3911 ފޮތް ލައިބްރަރީއަށް ހަދިޔާގެ ގޮތުގައި ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން ހަދިޔާ ކޮށްފައިވާ ތަކެތީގެ ތެރޭގައި؛

  • 494 ފްލޭޝް ކާޑްސް
  • 283 ލީފްލެޓް
  • 03 މެގަޒިން 

ޤައުމީ ކުތުބުޚާނާ އަށް ތަކެތި ޖަމާކުރުމުގެ ޤާނޫނުގެ ދަށުން 40 މުސައްނިފަކާއި 26 ޖަމާއަތަކުން ހަދިޔާ ކުރި ތަކެތީގެ ތެރޭގައި؛

  • 85 ފޮތް
  • 10 މެގަޒިން
  • 02 ލީފްލެޓް
  • 414 ނޫސް 

ޤައުމީ ކުތުބުޚާނާގައި އެކި އުމުރުފުރާތަކާ ގުޅޭ، ތަފާތު ބާވަތްތަކުން 46،250 އަށް ވުރެ ގިނަ ފޮތް އެކުލެވިގެންވާ ކަމަށް ކުތުބާހާއިން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި އަދި ދިވެހި ބަހުން ހުރި ފޮތްތަކުގެ އިތުރުން އަރަބި އަދި އެހެން ބަސްބަހުގެ ފޮތްތައް ވެސް ހިމެނެ އެވެ. އަދި ޖަރނަލް ތަކާއި މެގަޒިންގެ އިތުރުން ނޫސްތައް ވެސް ލައިބްރަރީގައި ހިމެނެ އެވެ. ލައިބްރަރީގައި ރާއްޖޭގެ ތާރީޚު ދައްކައިދޭ ގިނަ ލިޔުންތައްވެސް ހުރެ އެވެ. އެގޮތުން އެންމެ ޒަމާންވީ ތަކެތީގެ ތެރޭގައި އިސްދޫ ލޯމާފާނާއި އަލީ އެދުރު ތަކުރުފާނު އަތުން ލިޔުއްވާފައި ވާ 'ބޮޑު ތަރުތީބު' ހިމެނެ އެވެ.

ގައުމީ ހުތުބާނާގެ ލައިބްރަރީގައި އިއްޔެ ބޭއްވި ހަފްލާއެއްގައި ލިޔުންތެރިޔާ މުޙައްމަދު ޖަމީލް ވަނީ، އޭނާ ލިޔުއްވި 'ބޮޑުތަކުރުފާނު: ސިރީސަވާދީއްތަ މަހާރަދުން' އަދި 'އަލިރަސްގެފާނު' ފޮތުގެ ދެ ކޮޕީ ޤައުމީ ކުތުބުޚާނާއަށް ހަދިޔާކުރެއްވުމުގެ އިތުރުން ޕަބްލިކް ކަލެކްޝަނަށް ދެ ކޮޕީ ހަދިޔާކުރައްވާފަ އެވެ.

ރާއްޖޭގެ ޤައުމީ ކުތުބުޚާނާއަކީ މިހާރު ރާއްޖޭގައި ހުރި އެންމެ ބޮޑު އަދި އެންމެ ދުވަސްވީ ކުތުބުޚާނާ އެވެ.

ނަވާރަ ސަތޭކަ ސާޅީސް ވަނަ އަހަރު ވުޖޫދުވި ލައިބްރަރީ، ޒަމާނީކޮށް ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ލައިބްރަރީގެ ގޮފިތައް ޤާއިމުކޮށް ކިޔުންތެރިކަން ފުޅާކުރުމުގެ މަސައްކަތާއި، އާބާދީ ބޮޑެތި ސަރަހައްދުތަކުގައި ކޮމިއުނިޓީ ލައިބްރަރީ ޤާއިމު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު