ENGLISH

10 އޭޕްރީލު 2025

Advertisement

ކުއްލި ހާލަތު އުވައިލިޔަސް، ދެކުނު ކޮރެއާގެ ރައީސް ޔޫންގެ އިސްތިއުފާއަށް ގޮވާލައި އަޑުތައް ގަދަވެއްޖެ

04 ޑިސެމްބަރު 2024

|

އެމް އެމް

ދެކުނު ކޮރެއާގެ ރައީސް ޔޫން އިސްތިއުފާ ދެއްވަން ގޮވާލައި އެ ގައުމުގެ އިދިކޮޅު ޕާޓީގެ ސަޕޯޓަރުން މުޒާހަރާ ކުރަނީ. --ފޮޓޯ: އޭއެފްޕީ

މުޅި ދުނިޔެ ސިއްސުވާލައި، ދެކުނު ކޮރެއާގައި އިއްޔެ އިޢުލާނު ކުރި ކުއްލި ޙާލަތު އުވާލެއްވިޔަސް، ރައީސް ޔޫން ސުކް ޔެއޯލް އިސްތިއުފާ ދެއްވަން ގޮވާލަން ފަށައިފިއެވެ.

އިއްޔެ ހަވީރުގެ ވަގުތެއްގައި، ޓީވީ މެދުވެރިކުރައްވައި، ދެކުނު ކޮރެއާގައި ކުއްލި ޙާލަތު، ޔޫން އިޢުލާނު ކުރެއްވީ، އުތުރު ކޮރެއާގެ ނުފޫޒު ދެކުނު ކޮރެއާގެ ދަޢުލަތުގެ އެތެރެއަށް ފޯރާފައިކަމުގެ ބިރު ބޮޑުވެއްޖެ ކަމަށް ވިދާޅުވެއެވެ. 

މިއީ، 40 އަހަރު ފަހުން ދެކުނު ކޮރެއާގައި ކުއްލި ޙާލަތު އިޢުލާނުކުރި ފުރަތަމަ ފަހަރެވެ. 

ކުއްލި ޙާލަތު އިޢުލާނުކުރުމާ އެކު، ދެކުނު ކޮރެއާގެ ސިފައިން ވަނީ ޤައުމާ ހަވާލުވުމުގެ އޮޕަރޭޝަން ފަށައި، ޤާނޫނު ހަދާ މަޖިލިސް ވަށާލައި، އެތަން ބަންދުކޮށްފައެވެ. 

ނަމަވެސް، އާންމުންގެ އެތައް ބަޔަކާ އެކު ޤާނޫނު ހަދާ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުންތަކެއް ވަނީ، ސިފައިންގެ ސަފުތައް ފޫއަޅުވާލައި މަޖިލީހަށް ވަދެ، ކުއްލި ޙާލަތު އުވާލަން ފާސްކޮށްފައެވެ. 

ދެކުނު ކޮރެއާގެ ޤާނޫނުއަސާސީގެ ދަށުން، މަޖިލީހުގެ އަޣްލަބިއްޔަތު ނުލިބިއްޖެ ނަމަ ކުއްލި ހާލަތު އުވާލަން ރައީސަށް މަޖުބޫރެވެ. 

ޤާނޫނު ހަދާ މަޖިލީހުގެ އެ ނިންމުމާ އެކު، ރައީސް ޔޫން ވަނީ ކުއްލި ޙާލަތު އުވާލެއްވި ކަން އިޢުލާނުކުރައްވައި، ސިފައިން ފަހަތަށް ޖެހެން އަންގަވައިފައެވެ. 

މަޖުބޫރުވެގެން ކުއްލި ޙާލަތު އުވާލެއްވިޔަސް، ޔޫންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައި، މަޤާމުން ދުރުކުރާނެ ކަމުގެ އިންޒާރު އިދިކޮޅު ޕާޓީން ވަނީ ދީފައެވެ. 

ކިޔުންތެރިންގެ ހިޔާލު