ENGLISH

17 ޑިސެމްބަރު 2025

Advertisement

ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ފަންތިއެއްގެ ވިޔަފާރިތައް ކުރިއެރުވުން: ރައީސް

17 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ރައީސް ބައްދަލްވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ --

މި ސަރުކާރުގެ ސިޔާސަތަކީ ވިޔަފާރިތައް ކުރިއެރުވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރީންނަށް ޚާއްސަކޮށް މިރޭ ބާއްވަމުންދާ ބައްދަލްވުން ފެއްޓެވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. ކުދި އަދި މެދު ފަންތީގެ ގިނަ އަދަދެއްގެ ވިޔަފާރިވެރީން ބައިވެރިވަމުންދާ މި ބައްދަލްވުން ފެއްޓެވުމުގެ ގޮތުން ވަރަށް ކުރުކޮށް ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިޔަފާރިވެރީންގެ ކަންބޮޑުވުމެއް، ޚިޔާލެއް ނުވަތަ މަޝްވަރާއެއް އޮތް ނަމަވެސް ހިއްސާކޮށް ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

އަދި ވިޔަފާރިވެރީންގެ ކަންބޮޑުވުންތަކާއި މަޝްވަރާތަކާއި ޚިޔާލުތައް ވެގެން ދާނީ އެމަނިކުފާނަށް ވަރަށް އަގުހުރި ވާހަކަތަކަކަށް ކަމަށް ވިދާޅުވި އެވެ. އަދި އެމަނިކުފާނު ވަނީ މި ސަރުކާރުގެ ސިޔާސަތަކީ ވިޔަފާރިތައް ކުރިއެރުވުން ކަމުގައި ވިދާޅުވެފަ އެވެ.

"ސަރުކާރުން މަަސައްކަތް ކުރައްވަމުން މި ގެންދަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރީންނާއި އަދި ހުރިހާ ފަންތިއެއްގެ ވިޔަފާރިވެރިތައް ކުރިއެރުވުމަށްޓަކައި ސިޔާސަތުތައް ބަައްޓަންކޮށްގެން ކުރިއަށް ގެންދަން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސް މުޅީން ތަފާތު - މިފަދަ ފުރަތަމަ ބައްދަލްވުން

ވަކި ޚާއްސަ ކަމަކާއި ގުޅިގެން ބައެއް ވިޔަފާރިވެރީންނާއި ކުރީގެ ވެރީން ބައްދަލުކުރެއްވި ނަމަވެސް ވިޔަފާރިވެރީންގެ ކަންބޮޑުވުންތަކާއި މަޝްވަރާތަކާއި ޚިޔާލުތައް ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ މިފަދަ ބައްދަލްވުމެއް ބާއްވަވާ މިއީ ފުރަތަމަ ފަހަރެވެ.

ރައްޔިތުންްގެ ބައްދަލްވުންތަކެކޭ އެއްގޮތަށް މިރޭގެ ބައްދަލްވުމުގައި ވެސް ވިޔަފާރިވެރީން ގެންދަވަނީ އެއްވެސް ހިފެހެއްޓުމެއް ނެތި އެ ބޭފުޅުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސީދާ ރައީސްއާ ހިއްސާ ކުރައްވަމުންނެވެ. އަދި ސަރުކާރުގެ ތެރެއިން ދަތިވާ ކަންކަމާއި ވިޔަފާރިތަކަށް ހުރި ހުރަސްތަކާއި ސަރުކާރުގެ ކިބައިން އެެދޭ ކަންކަން ވެސް ދަނީ ހިއްސާ ކުރަމުންނެވެ.

ރައީސް ގެންދަވަނީ އެ ވާހަކަތައް އަޑުއައްސަވާ ނޯޓް ކުރައްވަމުންނެވެ. ބައްދަލްވުން ފަައްޓަވަމުން ރައީސް ވަނީ ވިޔަފާރިވެރީންގެ ވާހަކަތަަކަށް ފަހު އެމަނިކުފާނު އެ ބޭފުޅުންގެ ކަންބޮޑުވުންތަކާއި މަޝްވަރާތަކާއި ޚިޔާލުތަކާއި ގުޅޭގޮތުން ބައެއް ވާހަކަތައް ހިއްސާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު