ENGLISH

17 ޑިސެމްބަރު 2025

Advertisement

ޤައުމީ ބެންކުގެ ސްޓާޓަޕް ގްރާންޓް 2025 ލިބޭ ފަރާތްތައް ހޮވައިފި

17 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ސްޓާޓަޕް ގްރާންޓް 2025 ލިބޭ ފަރާތްތައް ހޮވުން --

ްަޤައުމީ ބެންކު -- ބެންކް އޮފް މޯލްޑިވްސްގެ ސްޓާޓަޕް ގްރާންޓް 2025 ލިބޭ ފަރާތްތައް ހޮވައިފި އެވެ. 

ބީއެމްއެލް ސްޓާޓަޕް ގްރާންޓަކީ އަލަށް ވިޔަފާރީގެ ދާއިރާއަށް ނުކުންނަ ފަރާތްތަކަށްވިޔަފާރިއެއް ފެށުމަށް ނުވަތަ އެއް އަހަރު ނުވާ ވިޔަފާރިއެއް ފުޅާކުރުމަށް ހިލޭއެހީގެ ގޮތުގައި 500،000 ރުފިޔާ ދެމުންއަންނަ ފަންޑެކެވެ. 

މި އަހަރު ގްރާންޓް ކާމިޔާބުކުރި ތިން ފަރާތަކީ:

* ރަށި ޕާކް (އިބްރާހީމް މިފްޟާލް ފަޔާޟް)

މިއީ އައްޑޫ ސިޓީ ފޭދޫގައި ކުޑަކުދިންގެ އިންޑޯ ޕާކަކާއި ފެމެލީ ކެފޭއެއް ގާއިމުކުރުމުގެ ޕްރޮޖެކްޓެކެވެ. މިއީ އައްޑޫގައި ގާއިމުކުރާ މިފަދަ ފުރަތަމަ ޕާކެވެ. މި ޕާކުގައި ކުޑަކުދީން ކުޅުމަށްވަސީލަތްތަކާއި ބެލެނިވެރިންނަށް ކާބޯތަކެއްޗާއި ވައިފައި ލިބޭނެހެން ލައުންޖްއޭރިއާއެއް ގާއިމުކުރާނެ އެވެ.

* ރަށު ޕްލާސްޓިކް ޕްރޮޖެކްޓް (މުޙައްމަދު މިމްރާޙް)

މި ޕްރެޖެކްޓްގެ މަގުސަދަކީ އުކާލާ ޕްލާސްޓިކުން ބޭނުންތެރި އަދި ދެމެހެއްޓެނިވިޕްރޮޑެކްޓްސް އުފެއްދުމެވެ. އުލާކާ ޕްލާސްޓިކް ރީސައިކަލްކޮށް، ގަޑި، ކީޗެއިންސަންގްލާސް ފަދަ މާކެޓުގައި ވިއްކޭނެ ސާމަނު މި ޕްރޮޖެކްޓުން އުފައްދާނެ އެވެ. އަދި މި ޕްރޮޖެކްޓްގެ ރީސައިކްލިންގ ސެޓަޕް ގާއިމްކުރާނީ ވ. ފެލިދޫގަ އެވެ.

* ލޭޑީބާޑް ކިންޑާގާޑެން (ޝައްމާ ނަދީމް)

މިއީ ހުޅުމާލޭ ފޭސް ދޭ ގައި އުމުރުން 3 އަހަރާއި 6 އަހަރާ ދެމެދުގެ ކުދީންނަށް އެކުދިންގެ އުމުރާއި ގުޅޭ ހަރަކާތްތަކުގެ ތެރެއިން ދީނީ ތަރުބިއްޔަތު ރާއްޖޭގެ ކަރިކިއުލަމް ސްޓޭންޑާޑް ތަކާ އެއްގޮތަށްދޭ، އިސްލާމިކް އަލީ ލަރނިން ސެންޓަރެއް ގާއިމުކުރުމަށް ހިންގާ ޕްރޮޖެކްޓެކެވެ.

ސްޓާޓަޕް ގްރާންޓް ލިބޭ ފަރާތްތައް ހޮވާފައި ވަނީ ދެ ސްޓޭޖަކަށް ބަހާލައިގެން ވާދަވެރި އިވެލުއޭޝަންއަކަށް ފަހުގައި ކަމަށް ބީއެމްއެލް އިން ބުނެ އެވެ. އެގޮތުން ފުރަތަމަ ސްޓޭޖުގައި އެންމެ ފާހަގަކުރެވޭ 10 ވިޔަފާރިއެއް ޝޯޓްލިސްޓް ކޮށް، ދެ ވަނަ ސްޓޭޖުގައި މި ވިޔަފާރިތަކުން އިވެލުއޭޝަން ކޮމިޓީއަށް ވިޔަފާރީގެ ޕްލޭން ހުށަހަޅާފައި ވެ އެވެ. 

ކޮންމެ އަހަރަކު ދެ ފަރާތަކަށް މި ގްރާންޓް ދޫކުރި ނަމަވެސް މި އަހަރު ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބޭންކުންވަ ނީ މިއަހަރު ޖުމްލަ ތިން ޕްރޮޖެކްޓަކަށް އެހީ ދޭން ނިންމާފަ އެވެ. މިއީ ސްޓާޓަޕް ގްރާންޓް ވިދިވިދިގެން ދޭ ހަތަރުވަނަ އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު