ENGLISH

08 އޭޕްރީލު 2025

Advertisement

ނިދީގައި ގުގުރި ދެމުން ހުއްޓުވުމަށް ބޭނުން ކުރަންޖެހޭ "މެޖިޗް އިންގްރީޑިއެންޓް"

03 ޑިސެމްބަރު 2024

|

ފަޒީލް ޢަބްދުލް ލަތީފު

ފޮޓޯ- އެލާމީ.ކޮމް

ނިދީގައި ގުގުރިދެމޭތީ ކަންބޮޑުވޭތޯ؟ ލަސްނުކޮށް އަވަހަށް ޗެޑަރ ޗީސްކާންފައްޓަވާށެވެ. ގިނަ މީހުންނަށް ހީވެފައި އޮންނަގޮތާ ހިލާފަށް، އެންމެ ފަހުގެ ދިރާސާތަކުން ދައްކާ ގޮތުން ގަވާއިދުން ކެއުމުގައި ޗީޒް ހިމެނުމުން ނިދީގައި ގުގުރި ދެމުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ އެވެ.

އިނގިރޭސި ވިލާތުގައި ހަތަރު ލައްކައަށްވުރެ ގިނަ މީހުން ބައިވެރިކޮށްގެން ވަރަށް ފުޅާ ދާއިރާއެއްގައި ހެދި ދިރާސާއަކުން ދައްކާގޮތުން ގަވާއިދުން ޗީޒް ކެއުމުން، ނިދީގައި ބާރަށް ގުގުރި ދެމުމަށް މެދުވެރިވާ ބައްޔެއް ކަމަށްވާ "ސްލީޕް އެޕްނިއާ" ޖެހުމުގެ ފުރުސަތު 28 އިންސައްތަ ކުޑަކޮށްދެއެވެ. ސްލީޕް އެޕްނިއާގެ ސަބަބުން ނިދީގައި ނޭވާހޮޅީގެ ފާރުތައް ހިމަވެ، ނެވާލުމަށް ދަތިވެ އަދި ބައެއް ހާލަތްތަކުގައި ނިދީގައި ސިކުންތު ކޮޅަކަށް ނޭވާ ހުއްޓޭގޮތް ވެސް ދިމާވެއެވެ. އަދި މީގެސަބަބުން ގަދަޔަށް ގުގުރި ދެމުމަށް މެދުވެރިވެއެވެ.

ތަފާތު ވައްތަރުތަކުގެ ޗީޒް- ފޮޓޯ: ހެރީ އެންޑް ޑޭވިޑް

ސްލީޕް މެޑިސިން ޖާނަލްގައި، އިނގިރޭސިވިލާތުގެ ދިރާސާކުރާ ފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި ޗީޒްގެ ބާވަތްތައް ކެއުމުގައި ގިނައިން ބޭނުން ކުރުމުން، ނިދީގައި ގުގުރި ދެމުމަށް މެދުވެރިވާ ސްލީޕް އެޕްނިއާ ޖެހުމުގެ ފުރުސަތު ކުޑަވެގެންދެއެވެ. އަދި މީގެ ކުރިން މި ގުޅުމަށް އެކަށީގެންވާ ސަމާލު ކަމެއް ދެވިފައި ނުވާކަމާ، އެހެން ނަމަވެސް މިއީ ވަރަށް މުހިންމު ގުޅުމެއް ކަމަށް ދިރާސާ ކުރާފަރާތްތަކުން ބުނެފައިވެއެވެ.

މި ދިރާސާގެ ކުރިން ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އިރުޝާދު ދީފައިވަނީ ކެއުމުގައި ޗީޒް ހިމެނޭ ގޮތަށް، ކިރުގެ ބާވަތްތައް ހާއްސަކޮޮށް ނިދުމުގެ ކުރިން ބޭނުން ނުކުރުމަށެވެ. މިއީ އޭގެ ސަބަބުން ފުރަމޭގެ އުފެއްދުން ތެރިކަން އިތުރުވެ، ނޭވާލާނެ މަގުތައް ބަންދު ވެދާނެތީ، ނިދުމުގަައި ގުގުރި ދެމުމުން އިތުރަށް ގޯސްވެދާނެ ކަމަށް ގަބޫލުކުރެވިފައި ވާތީއެވެ.      

ތަފާތު ވައްތަރުގެ ޗީޒް ކެއުމުގައި އާއްމުގޮތެއްގައި ބޭނުންކުރުމުން ސްލީޕް އެޕްނިއާގެ ނުރައްކާ ކުޑަކޮށްދޭ ސަބަބަކީ، ހަށިގަނޑުގެ ޓެސްޓޮސްޓްރޯންގެ މިންވަރާ، ލޭގެ ޕްރެޝާ ދަށްކޮއްދޭތީ ކަމަށް ޗައިނާގެ ޗެންގްޑޫ ޔުނިވާސިޓީގެ ދިރާސާކުރާ ފަރާތްތަކުން ވަނީ ފާހަގަ ކޮޮށްފައެވެ.

ލޭގެ ޕްރެޝާ މަށްޗަށް ދިޔުމުން ސްލީޕް އެޕްނިއާގެ ނުރައްކާ އިތުރުވާނޭ ކަމުގެ އެތަކެއް ހޯދުންތަކެއް ވަނީ ހޯދިފައެވެ.

ކިޔުންތެރިންގެ ހިޔާލު