ENGLISH

13 ޑިސެމްބަރު 2025

Advertisement

"މަސްވެރިންގެ ގުންޒަރު" ކާމިޔާބުކަމާއެކު ނިންމާލައިފި

11 ޑިސެމްބަރު 2025

|

މަރިޔަމް ލީމް

"މަސްވެރިންގެ ގުންޒަރު"

މަސްވެރިންގެ ދުވަހާއި ގުޅިގެން ރ. ދުވާފަރުގައި ބޭއްވި "މަސްވެރިންގެ ގުންޒަރު" ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

މި ގުންޒަރުގައި ނުވަ އަތޮޅަކުން ވަނީ ބައިވެރިވެފަ އެވެ. އޭގެތެރޭގައި 47 މަސްވެރިންނާއި މަސް ޕްރޮސެސްކުރާ ހަތަރު ކުންފުންޏަކުން ބައިވެރިވި އެވެ. މީގެއިތުރުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އާއި އެ ވުޒާރާގެ އިސްބޭފުޅުން ވެސް މި ހަރަކާތުގައި ބައިވެރިވި އެވެ.

ދުވާފަރުގައި މި ގުންޒަރު ބޭއްވުމުގެ މައިގަނޑު މަޤުސަދަކީ މި ސިނާއަތާއި ގުޅުންހުރި އެކިއެކި މައުލޫމާތުތައް މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މަސްވެރިންނަށް ފޯރުކޮށްދިނުމެވެ.

މި ގުންޒަރުގައި މި ސިނާއަތުގައި ހުރި ދަތިތަކާއި އުނދަގޫތައް ހައްލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމާ ގުޅޭގޮތުން ވެސް އެކި މަޝްވަރާތައް ކޮށްފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުންޏެވެ.

މި ފޯރަމްގައި ވާހަކަ ދައްކަވަމުން ވަޒީރު އަހުމަދު ޝިޔާމް ވަނީ މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށް ދިނުމަށް ވުޒާރާއިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މި ސަރުކާރަކީ ދިވެހިރާއްޖޭގެ ހުރިހާ ބާވަތެއްގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް މައުނަވީ ހައްލެއް ހޯދައިދޭނެ ސަރުކާރުކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

މަސްވެރި އާއިލާތަކަށް ކުރިޔަށް އޮތީ އުފާވެރި ދުވަސްތަކެއް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު