ENGLISH

10 އޭޕްރީލު 2025

Advertisement

އެމެރިކާއިން ކުރާ ތުހުމަތުތަކަަށް އިންޑިޔާގެ މަހުޖަނު ގައުތަމް އަދާނީ ފުރަތަމަ ފަހަރަށް ރައްދު ދެއްވައިފި

02 ޑިސެމްބަރު 2024

|

ފަޒީލް ޢަބްދުލް ލަތީފު

އިންޑިޔާގެ ބިލިޔަނަރު ގައުތަމް އަދާނީ- ފޮޓޯ: އިންޑިޔާ ޓުޑޭ

އަދާނީ ގްރޫޕްގެ ޗެއަރމަން ގައުތަމް އަދާނީ ވަނީ ފަހަކަށް އައިސް ކުރެވުނު ރިޝްވަތާއި ފްރޯޑްގެ ތުހުމަތުތަކަށް ވަރަށް ހަރުކަށި އިބާރާތުން ދެކޮޅު ހައްދަވައިފައެވެ.

ނޮވެމްބަރު 30 ވަނަ ދުވަހު ޖައިޕޫރުގައި ބޭއްވި 51 ވަނަ ޖެމް އެންޑް ޖުވެލަރީ އެވޯޑްސްގައި މި މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، އަދާނީ ވަނީ މިފަދަ ހުރަސްތަކަކީ ކުންފުނީގެ ކުރިއެރުމަށް މަގުފަހިކޮށްދޭ ކަންކަން ކަމުގައި ވިދާޅުވެފައެވެ.

މި މައްސަލަ އުފެދިފައިވަނީ ނޮވެމްބަރު 20 ގައި އެމެރިކާގެ ޕްރޮސެކިއުޓަރުން ކުރި ތުހުމަތަކާ ގުޅިގެންނެވެ. އެ ތުހުމަތުގައި ބުނެފައި ވަނީ އަދާނީ ގްރީން އެނަރޖީ ލިމިޓެޑް އަދި އަޒުރެ ޕަވަރ ގްލޯބަލް ލިމިޓެޑަށް އިޔާދަކުރަނިވި ހަކަތައިގެ ކޮންޓްރެކްޓްތައް ދިނުމުގައި ނާޖާއިޒު ފައިދާތަކެއް ހޯދުމަށްޓަކައި އިންޑިއާގެ އޮފިޝަލުންނަށް 250 މިލިއަން ޑޮލަރުގެ ރިޝްވަތު ދީފައިވާ ކަމަށެވެ. އަދި އެމެރިކާގެ އިންވެސްޓަރުންނަށް އޮޅުވާލައިގެން މި ޕްރޮޖެޖެކްޓްތަކަށް ފަައިސާހޯދި ކަމުގެ ތުހުމަތުވެސް ވަނީ ކޮށްފައެވެ.

އަދާނީ ވިދާޅުވީ ކުންފުންޏަށް ކުރިމަތިވާ މިފަދަ ދަތިތައް ފަހަނައަޅާ ދިއުމުގެ ޤާބިލުކަން އެބަހުރި ކަމަށެވެ. ކުރީގައި ވެސް މިފަދަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު ކަމަށް ވިދާޅުވިއެވެ.

އޭނާ ވަނީ ޖަނަވަރީ 2023 ގައި ހިންޑެންބަރގް ރިސަރޗްއިން ކުރި ތުހުމަތުތަކާ މި މައްސަލަ އަޅާކިޔުއްވާފައެވެ. ހިންޑެންބަރގް ރިސަރޗްއިން ނެރުނު ރިޕޯޓުގައިވަނީ ހިއްސާގެ ބާޒާރުގައި ނާޖާއިޒު ގޮތްތައް ބޭނުންކޮށްގެން ކުންފުނީގެ ހިއްސާގެ އަގު މަތި ކުރުމުގެ ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފައެވެ. މި ރިޕޯޓަށް ފަހު އަދާނީގެ ކުންފުންޏަށް ވަނީ 30 ބިލިއަން ޑޮލަރުގެ ގެއްލުމެއް ވެފައެވެ.

ނަމަވެސް އަދާނީ ވިދާޅުވެފައިވަނީ މިފަދަ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލުމުގެ ޤާބިލުކަން އެންމެ ފުރިހަމަޔަށް އެ ކުންފުންޏަށް ލިބިގެންވާ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު