ENGLISH

10 އޭޕްރީލު 2025

Advertisement

ދުނިޔޭގެ އެންމެ ބޮޑު ރަނުގެ ރިޒާވް ޗައިނާ އިން ފެނިއްޖެ، އަގު 80 ބިލިއަން ޑޮލަރަށް ވުރެ މަތި.

02 ޑިސެމްބަރު 2024

|

ފަޒީލް ޢަބްދުލް ލަތީފު

ފޮޓޯ: ޗައިނާ ސްޓޭޓް މީޑިޔާ

ދުނިޔޭގެ ތާރީޚުގައި މިހާތަނަށް ހޯދުނު އެންމެ ބޮޑު ރަނުގެ ރިޒާވް ޗައިނާގެ ހުނާން ޕޮރޮވިންސްއިން ފެނިއްޖެއެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާ އިން ބުނި ގޮތުގައި، ބިމުގެ 2000 މީޓަރު އަޑިން ފެނުނު މި ރިޒާވްގަައި މިހާތަނަށް 300 ޓަނުގެ ރަން ހުރިކަމަށް ވަނީ ފާހަގަކުރެވިފައެވެ.

މި ސަރަހައްދުގައި މަސައްކަތް ކުރާ ޖިއޮލޮގިކަލް ބިއުރޯ އޮފް ހުނާން ޕްްްްރޮވިންސްގެ ދިރާސާތަކުން ދައްކާގޮތުގައި، 3000 މީޓަރު އަޑިޔަށް ކޮނުމުން މި ރަނުގެ ރިޒާވް 1000 ޓަނަށްވުރެ އިތުރުވާނެއެވެ.

މިހާތަނަށް މި ތަނުން ނެގުނު ސާމްޕަލްތަކުގެ ނަތީޖާތައް ދައްކާގޮތުން އާއްމުކޮށް ފެެންނަ ރިޒާވް ތަކަށްވުރެ، އެ ތަނުގައި ހުރި ރަނުގެ ކޮލިޓީ ރަނގަޅެވެ. އެހެންކަމުން މި ރިޒާވްގެ އަގު މިހާރު ލަފާކުރެވޭ 80 ބިލިއަން ޑޮލަރަށްވުރެ އެތައް ގުނައެއް އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.  

ފޮޓޯ: ޗައިނާ ސްޓޭޓް މީޑިޔާ

ޗައިނާއަކީ މިހާރުވެސް ދުނިޔޭގެ އެންމެ ގިނައިން ރަން އުފައްދާ ގައުމެވެ. އަދި ދުނިޔޭގެ ރަނުގެ ވިޔަފާރީގެ 10 ޕަސެންޓް ކޮނޮޓްރޯލް ކުރާ ގައުމެވެ.

ޗައިނާއިން މި ފެނުނު ރިޒާވްގެ ކުރިން ދުނިޔޭގެ އެންމެ ބޮޑު ރަނުގެ ރިޒާވްއެއް ފެނިފައިވަނީ ދެކުނު އެފްރިކާގެ ސައުތު ޑީޕް މައިންއިން, ބިމުގެ 3000 މީޓަރު އަޑިންނެވެ. އެއީ 900 ޓަނުގެ ރިޒާވެެކެވެ.

ކިޔުންތެރިންގެ ހިޔާލު