ENGLISH

10 އޭޕްރީލު 2025

Advertisement

މެލޭޝިއާ އާއި ތައިލެންޑުގައި ފެންބޮޑުވެ 12 މީހުން މަރުވެއްޖެ

01 ޑިސެމްބަރު 2024

|

އެމްއެމް ނިއުސް ޓީމް

ތައިލެންޑުގެ ގެއެއްގެ ފުރާޅު މަތިން ކުޑަ ކުއްޖަކު ސަލާމަތް ކުރަނީ. --ފޮޓޯ: ރޮއިޓާސް

މެލޭޝިއާ އާއި އަވަށްޓެރި ތައިލޭންޑުގައި ފެންބޮޑުވެ މިހާތަނަށް 12 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.

ފެން ބޮޑުވުމުގައި ހާލުގައި ޖެހިގެން މެލޭޝިއާގެ އުތުރުގެ ހިސާބުތަކުން 122,000 މީހުން ރައްކާތެރިކަމުގެ ހިސާބުތަކަށް ބަދަލުކޮށްފައިވާ އިރު ތައިލެންޑުގެ ދެކުނުގެ ހިސާބުތަކުން ވަނީ 13،000 މީހުން ހާލުގައި ޖެހިފައެވެ.

މެލޭޝިއާ އާއި ތައިލެންޑުގެ އިތުރު ހިސާބުތަކުގައި ވެސް ފެންބޮޑުވެދާނެ ކަމުގެ އިންޒާރު ކަމާބެހޭ އޮފިޝަލުން ވަނީ ދީފައެވެ. 

ފެށިގެން މެލޭޝިއާ އާއި ތައިލެންޑަށް މިދިޔަ ހަފުތާއިން ފެށިގެން ކުރަމުންދާ ވިއްސާރައިގައި އެ ދެ ގައުމުން ހާލުގަައި ޖެހުނު މީހުންނަށް އަންނަނީ އިމަޖެންސީ ސާވިސް އިން ވަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. 

ސޯޝަލް މީޑިއާ އާއި އެ ދެ ގައުމުގެ ނޫސްތަކުގެ ފޮޓޯތަކުން ފެންނަ ގޮތުގައި ބައެއް ގެތަކުގައި ފެންބޮޑުވެފައިވާ އިރު މަގުތަކުގައި ވަނީ އުނަގަނޑާ ހަމައަށް ފެންބޮޑުވެފައެވެ. ތައިލެންޑުގެ ސްޓެންގް ނޮކް އަވަށުގެ ގެއެއްގެ ފުރާޅު މަތިން ކުޑަ ކުއްޖަކު ސަލާމަތް ކުރާ މަންޒަރު އެއް ވީޑިއޯއަކުން ފެނެއެެވެ. 

ފެންބޮޑުވުމުގައި ތައިލެންޑުގެ ދެކުނުން ގާތްގަނޑަކަށް 534،000 މީހުންނަށް އަސަރުކޮށްފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮފިޝަލުން ބުނެފައިވެއެވެ. ތައިލެންޑުގެ ދެކުނުގެ ހަ އަވަށެއްގައި ވަނީ ކުއްލި ހާލަތު އިއުލާންކޮށްފައެވެ. 

ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ތައިލެންޑް ސަރުކާރުން ވަނީ 50 މިލިއަން ބާތު (1.7 މިލިއަން ޑޮލަރު) ހަމަޖައްސައިދޭނެ ކަމަށް ބުނެފައެވެ. 

މެލޭޝިއާގައި ފެންބޮޑުވެފައި ވަނީ ތައިލެންޑް ބޯޑަރާ ކައިރީގައި އޮންނަ ކެލަންޓަން ސްޓޭޓުގައެވެ. 

މެލޭޝިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ލަފާކޮށްފައިވާ ގޮތުގައި އާދިއްތަ ދުވަހާ ހަމައަށް ބޯކޮށް ވާރޭ ވެހޭނެ އެވެ. 

މެލޭޝިއާގައި 2021 ވަނަ އަހަރު ފެންބޮޑުވެ، ވަނީ 14 މީހުން މަރުވެފައެވެ. އަދި 2011 ވަނަ އަހަރު ތައިލެންޑުގައި ފެންބޮޑުވެ 500 މީހުން މަރުވެ އެތައް މިލިއަން ބައެއްގެ ގެދޮރު ވަނީ ހަލާކުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު