ENGLISH

18 ނޮވެމްބަރު 2025

Advertisement

"ރައްޔިތުންނާއެކު ކުރިއަށް- ހަފުތާ 104" ރަސްމިއްޔާތުގައި ރައީސް ޕްރެޒެންޓޭޝަން ހުށަހެޅުއްވުން

18 ނޮވެމްބަރު 2025

|

ހަސަން އާމިރު

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް، "ރައްޔިތުންނާއެކު ކުރިއަށް- ހަފުތާ 104" މިނަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޕްރެޒެންޓޭޝަން ހުށަހަޅުއްވައިދެއްވަނީ. ޒުވާނުންގެ މަރުކަޒުގެ ހޯލުގައި މިރޭ ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ވޭތުވެ ދިޔަ ދެ އަހަރުދުވަހު އެމަނިކުފާނުގެ ސަރުކާރުން ހޯއްދަވާފައިވާ ކާމިޔާބީތަކާއި، ސަރުކާރުގެ މުހިންމު ނިންމެވުންތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފައްޓަވައި އަދި ފުރިހަމަކުރައްވާފައިވާ ބޮޑެތި މަސައްކަތްތަކާ ގުޅޭގޮތުން، ތަފާސްހިސާބާއެކު ތަފްޞީލު މަޢުލޫމާތު، ރައްޔިތުންނާ ހިއްސާކުރައްވާފައި. މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ވަޒީރުންނާއި، ދައުލަތުގެ ޢިއްޒަތްތެރީންނާއި، ސަރުކާރުގެ އިސް ވެރީން ބައިވެރިވެވަޑައިގެންނެވި.

ކިޔުންތެރިންގެ ހިޔާލު