ENGLISH

04 ފެބްރުއަރީ 2026

Advertisement

އެންމެ ބޮޑު ކާމިޔާބީއަކީ މަސްތުވާތަކެތިން ރާއްޖެ ސަލާމަތްކުރުމަށް ކުރެވުނު ބޮޑު މަސައްކަތްތައް: ވަޒީރު އިޙްސާން

17 ނޮވެމްބަރު 2025

|

ޢަލީ ޝަހީމް

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާން. ދެއަހަރުގެ އެންމެ ބޮޑު ކާމިޔާބީއަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވުނު މަސައްކަތް ކަމަށް ވިދާޅުވި.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރު، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ދިވެހިރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރުމަށްޓަކައި ކުރެވުނު ބޮޑު މަސައްކަތްތައް ކަމަށް ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. 

ވަޒީރު މިފަދައިން ވިދާޅުވީ ސަރުކާރުގެ ފުރަތަމަ ދެއަހަރުގެ ކާމިޔާބީއާ ގުޅޭގޮތުން އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގަ އެވެ. 

މަސްތުވާތަކެތިން ރާއްޖެ ސަލާމަތްކުރުމަށްޓަކައި، އެންމެ ފުރަތަމަ ކުރެވުނު ބޮޑު މަސައްކަތަކީ ސަޕްލައި ރެޑިއުސް ކުރުމުގެ މަސައްކަތް ކަމަށް ވަޒީރު ވިދާޅުވިއެވެ. 

"ދިވެހިރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރުމަށްޓަކައި ކުރެވުނު ބޮޑު މަސައްކަތްތައް. މީގެ ތެރޭގައި އެންމެ ފުރަތަމަ ސަޕްލައި ރެޑިއުސް ކުރުމަށްޓަކައި ގާތްގަނޑަކަށް 2.2 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި ވާނީ އިންޓަސެޕްޓް ކުރެވިފަ" - ދާޚީލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން

ވަޒީރު ވިދާޅުވީ، މިހާތަނަށް ކޮށްފައިވާ މަސައްކަތުން، މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތައް ބަލައި އެމީހުންގެ މައްޗަށް ދަޢުވާކުރަން ކުރަން ފޮނުވާފައިވާނެ ކަމަށެވެ. 

ޑްރަގް ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް ނޮވެމްބަރު 13 ވަނަ ދުވަހު ފެށި ޚާއްޞަ އޮޕަރޭޝަނާ ގުޅޭގޮތުން ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، އޮޕަރޭޝަނުގައި ގިނަ ބަޔަކު ހައްޔަރުކޮށް އެމީހުންގެ އަތުގައި ހުރި މަސްތުވާތަކެއްޗާއި އެވިއްކަން ބޭނުންކުރި ސާމާނު އަދި ފައިސާ އަތުލާފައިވާނެ ކަމަށެވެ. 

"އަދި އެމީހުންގެ ޒަރިއްޔާއިން ކުރިއަށް އޮތް ތާނގައި އަޅުގަނޑުމެންގެ ރާއްޖެއަށް އަސްލު މަސްތުވާތަކެތި އެތެރެކުމުގައި ބައިވެރިވާ ފަރަތްތަކާ ހިސާބަށްވެސް ދާނަން. އެހެންވީމަ މިއީ ވަރަށް ޓާގެޓެޑްކޮށް ވަރަށް ފޯކަސް ކުރެވިގެން ރާއްޖޭގެ އިއްޒަތްތެރި ރައީސުޖުމްހޫރިއްޔާގެ ސީދާ އެންގެވުމާ ބެއްލެވުމުގެ ދަށުން ކުރިއަށްގެންދެވޭ އޮޕަރޭޝަންތަކެއް " - ދާޚީލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން

ޑްރަގާ ދެކޮޅަށް ސަރުކާރުން ފެށި ބޮޑު އޮޕަރޭޝަނާ ގުޅޭގޮތުން ވަޒީރު ޢަލީ އިޙްސާން މީގެކުރިން ވިދާޅުވީ، މަސްތުވާތަކެއްޗާއި ދެކޮޅަށް ދައުލަތުން ކުރަމުން އަންނަ މަސައްކަތް ހުއްޓާލާނީ އެ ވަބާ މުޅީން ނައްތާލުމަށް ފަހު ކަމަށާ އެކަމަށް ކުޑަވެސް ފުރުސަތެއް މި ޤައުމުން ދެން ނޯންނާނެ ކަމަށެވެ. 

"ދެން ޖެހޭނީ މިކަން ހުއްޓާލަން. މިއަދަށް ފަހު ދެން އެ ފުރުޞަތެއް ނުދޭނަން. އެދޭ އެދުމަކީ މިކަމުގައި އުޅޭ ކުދިންވެސް އެހެން ކަމަކާއިގެން އުޅެން ފަށަން. އެކުދިންނަށް އުޅެން އުނދަގޫކުރާނަން" ނޮވެމްބަރު 13 ވަނަ ދުވަހު ފެށި އޮޕަރޭޝަނާ ގުޅޭގޮތުން ދެއްކެވި ވާހަކައިގައި ވަޒީރު ވިދާޅުވިއެވެ. 

މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ކާމިޔާބު މަސައްކަތްތަކެއް ކުރަމުން އަންނައިރު، މިހާރު ފަށާފައިވާ އޮޕަރޭޝަނަކީ ނަތީޖާ ނެރޭނެ އޮޕަރޭޝަނެއް ކަމަށް ވަޒީރު ޢަލީ އިޙްސާން ވިދާޅުވި އެވެ. 

ކިޔުންތެރިންގެ ހިޔާލު