ENGLISH

16 ނޮވެމްބަރު 2025

Advertisement

ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަހުގެ ހިނގާލުމުގައި ފަސްޓް ލޭޑީ ބައިވެރިވެވަޑައިގަތުން

16 ނޮވެމްބަރު 2025

|

ހަސަން އާމިރު

ބައިނަލްއަޤުވާމީ އަންހެންކުދިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހިނގާލުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ދިވެހިރާއްޖޭގެ ޗީފް ގައިޑް، ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގަންނަވައިފި. މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި ހިނގާލުން ފަށާފައިވަނީ، އަމީނިއްޔާ ސްކޫލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތަކުން. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ކެރިތިބެ ކަންކަމާ ކުރިމަތިލައި، ކަންކަމުގައި އަޑުއުފުލައި، އެހެންމީހުން ލީޑުކުރުމުގައި ނަމޫނާ ބަޔަކަށްވުމަށް ޢަޒުމު ކަނޑައެޅުމަށް، ދިވެހި އެންމެހައި އަންހެންކުދިންނަށް އިލްތިމާސްކުރައްވާފަ. އަދި ޤައުމަށް ދިމާވާ ކޮންމެ ކާރިސާއެއްގައި އެންމެ އިސް ސަފުގައި ފެންނަ އެއް ބަޔަކީ ގަރލްގައިޑުންކަން ފާހަގަކުރައްވައި އެކަމަނާ ވަނީ، ހިނގާލުމުގައި ބައިވެރިވި ދަރިވަރުން މިއަދު އެ ދައްކާ ލީޑަރޝިޕް، ދިރިއުޅުމުގެ ކޮންމެ މައިދާނެއްގައިވެސް ދެއްކުމަށް ހިތްވަރުދެއްވައި ވާހަކަފުޅުދައްކަވާފައި.

ކިޔުންތެރިންގެ ހިޔާލު