ENGLISH

16 ނޮވެމްބަރު 2025

Advertisement

ރައީސުލްޖުމްހޫރިއްޔާ، އދ. މަންދޫ ފުޓްސަލް ދަނޑު ހުޅުއްވައިދެއްވުން

16 ނޮވެމްބަރު 2025

|

ހަސަން އާމިރު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އދ. މަންދޫ ޒުވާނުންގެ ދައުވަތަކަށް އެރަށަށް ވަޑައިގެން އެރަށު ފުޓްސަލް ދަނޑު ހުޅުވައިދެއްވައިފި. މަންދޫ ޒުވާނުންގެ ދައުވަތު ޤަބޫލުފުޅުކުރައްވައި ރައީސުލްޖުމްހޫރިއްޔާ މަންދޫއަށް  ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވި. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު‎ އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ވަޒީރުންނާއި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި. މަންދޫގެ ފުޓްސަލް ދަނޑަކީ ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިދިޔަ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު މަންދުއަށް ވަޑައިގަތުމުން، ރަށުގައި ފުޓްސަލް ދަނޑެއް ތަރައްޤީކޮށްދެއްވައި މި ނޮވެންބަރު މަހުގެ ނިޔަލަށް ނިންމަވައިދެއްވުމަށް ރަށުގެ ރައްޔިތުން އެދިވަޑައިގެންނެވުމުން އެކަމަށް އިޖާބަދެއްވައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި ހަވާލުކުރައްވައިގެން ކުރު މުއްދަތެއްގެ ތެރޭގައި ތަރައްޤީކުރައްވައި، ލައިޓް ޖަހައި، ފުރިހަމަކުރައްވައި ނިންމެވި ދަނޑެއް. ރައީސުލްޖުމްހޫރިއްޔާ މަންދޫއަށް ކުރެއްވި ދަތުރުފުޅަކީ މި ފުޓްސަލް ދަނޑު ހުޅުވައިދެއްވުމަށް ވަޑައިގެންދެއްވުމަށް ރަށުގެ ޒުވާނުން ދެއްވި ދައުވަތަށް އިޖާބަދެއްވައި އެރަށަށް ކުރެއްވި ދަތުރުފުޅެއް.

ކިޔުންތެރިންގެ ހިޔާލު