ENGLISH

16 ނޮވެމްބަރު 2025

Advertisement

ލީޑުކުރުމުގައި ނަމޫނާ ބަޔަކަށްވުމަށް ޢަޒުމު ކަނޑައެޅުމަށް، ދިވެހި އެންމެހައި އަންހެންކުދިންނަށް ފަސްޓް ލޭޑީ އިލްތިމާސް ކުރައްވައިފި

15 ނޮވެމްބަރު 2025

|

ޢަލީ ޙުސައިން

ކެރިތިބެ ކަންކަމާ ކުރިމަތިލައި، ކަންކަމުގައި އަޑުއުފުލައި، އެހެންމީހުން ލީޑުކުރުމުގައި ނަމޫނާ ބަޔަކަށްވުމަށް ޢަޒުމު ކަނޑައެޅުމަށް، ދިވެހި އެންމެހައި އަންހެންކުދިންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ދިވެހިރާއްޖޭގެ ޗީފް ގައިޑް، ސާޖިދާ މުޙައްމަދު އިލްތިމާސްކުރައްވާފައެވެ.

އެކަމަނާ މިކަމަށް އިލްތިމާސް ކުރެއްވީ ބައިނަލްއަޤުވާމީ އަންހެންކުދިންގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި ހިނގާލުން ފެށުމަށް އަމީނިއްޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ކެރިތިބެ ކަންކަމާ ކުރިމަތިލައި، ނަމޫނާ ބަޔަކަށްވުމަށް ޢަޒުމު ކަނޑައެޅުމަށް، ދިވެހި އެންމެހައި އަންހެންކުދިންނަށް އިލްތިމާސްކުރައްވާފައެވެ. އަދި ޤައުމަށް ދިމާވާ ކޮންމެ ކާރިސާއެއްގައި އެންމެ އިސް ސަފުގައި ފެންނަ އެއް ބަޔަކީ ގަރލްގައިޑުންކަން ފާހަގަކުރައްވައި އެކަމަނާ ވަނީ، ހިނގާލުމުގައި ބައިވެރިވި ދަރިވަރުން މިއަދު އެ ދައްކާ ލީޑަރޝިޕް، ދިރިއުޅުމުގެ ކޮންމެ މައިދާނެއްގައިވެސް ދެއްކުމަށް ހިތްވަރުދެއްވައި ވާހަކަފުޅުދައްކަވާފައެވެ.

މިއަދު ހަވީރު، އަމީނިއްޔާ ސްކޫލުން ފެށިގެން ޒުވާނުންގެ މަރުކަޒާ ހަމައަށް ކުރިއަށްގެންދިޔަ މި ހިނގާލުމުގައި، ދިވެހިރާއްޖޭގެ ގަރލްގައިޑް ހަރަކާތުގެ އެކި ޢުމުރުފުރާތައް ކަމުގައިވާ ސްޓާ، ލިޓްލް މެއިޑް އަދި ގަރލް ގައިޑްގެ ދަރިވަރުންނާއި، ޔަންގް ލީޑަރުންނާއި ލީޑަރުން އަދި މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަނުގެ އެހާރާއި މިހާރުގެ ކޮމިޝަނަރުންނާއި އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު