ENGLISH
14 ނޮވެމްބަރު 2025
މިލަންދޫ ބަނދަރު ތަރައްޤީ ކުރުން؛ ރިވެޓްމެންޓް ޕްރޮފައިލިންގެ 90 އިންސައްތަ މަސައްކަތް ނިމިއްޖެ
14 ނޮވެމްބަރު 2025
|
މިލަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން:ފޮޓޯ:އެމްޓީސީސީ
ށ. މިލަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން ރިވެޓްމެންޓް ޕްރޮފައިލިންގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ މިހާރު ކުރިއަށް ދަނީ ރިވެޓްމެންޓް ޕްރޮފައިލިންގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށާއި، އަދި މުޅި މި މަޝްރޫޢުގެ 86 އިންސައްތަ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
މީގެ އިތުރުން އެކްސަސް ޕްލެޓްފޯމްއެއް ހެދުމާއި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
މިއީ ސަރުކާރުން 76.44 މިލިއަން ރުފިޔާ ހަަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ސަރުކާރުން އަންނަނީ މުޅި ރާއްޖެ ހިމެނޭގޮތަށް، ވަކިވަކި ރަށްރަށުގައި ތަފާތު ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.
މިލަންދޫ ބަނދަރު ތަރައްޤީކޮށް ނިމުމުން އެރަށަށް އަރާފޭބުމުގައި ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި ހަމައެއާއެކު އިޤްތިޞާދީގޮތުންނާއި އިޖުތިމާޢީ ގޮތުންވެސް ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ.