ENGLISH

15 ނޮވެމްބަރު 2025

Advertisement

ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ މުއައްސަސާގެ މުވައްޒަފުންގެ ކިބައިގައި އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ މުއައްސަސާގެ މުވައްޒަފުންގެ ކިބައިގައި އެބަހުރިކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެ އެވެ.

ކޮމިޝަނާ މިފަދައިން ވިދާޅުވީ ރ. އިންނަމާދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޅުގަނޑުމެންގެ ޒިންމާއަކީ ހަމައެކަނި ގާނޫނު ތަންފީޒުކުރުމެއްނޫން. އޭގެ ތެރޭގައި މުޖުތަމައާ ގުޅުންބަދަހިކުރުން ހިމެނޭ. އަދި ދިވެހި ފުލުހުންގެ ހިދުމަތަކީ ތަހުޒީބުވެފައިވާ މުޖުތަމައަކަށް ހިދުމަތްކުރުމަށް ތަމްރީނުވެ، ތައްޔާރުވެ ފައްކާވަމުންދާ ހިދުމަތެއް. ޒަމާނީ ބަދަލުތަކަށް ތަމްރީނުހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ މުއައްސަސާގެ މުވައްޒަފުންގެ ކިބައިގައި އެބަހުރި،" ކޮމިޝަނާ ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ އިތުރަށް ވިދާޅިުވީ ރެއަކީ ދިވެހި ފުލުހުންގެ ޚިދުމަތުގައި ރަންއަކުރުން ފަވައިލެވޭނެ ތާރީހީ ރެއެއް ކަމަށެވެ. 2004 ވަނަ އަހަރުން ފެށިގެން ފުލުހުންގެ ހިދުމަތް ވަކި މުއައްސަސާއެއްގެ ގޮތުގައި ކަނޑައެޅި އޭގެ 21 އަހަރު ފަހުން، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ރައްޔިތުންނާ ގާތުން ދިނުމަށް، މީހުން ދިރިއުޅޭ 187 ރަށުގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށް އިންނަމާދޫގައި ޕޮލިސް ސްޓޭޝަން ހުޅުވުމަކީ ލިބިގެންދިޔަ އުފާވެރިކަމެއް ކަމަށް ވިދާޅުވި އެވެ.

އަދި މި ކާމިޔާބީއަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ފުލުހުންގެ ހިދުމަތް ހަރުދަނާކޮށްދެއްވައި ފުލުހުންގެ ހިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތް ފުރިހަމަކޮށްދެއްވުމަށް ކޮށްދެއްވާ މަސައްކަތްފުޅުގެ ނަތީޖާކަމަށް ވިދާޅުވިއެވެ. އަދި 2004 ވަނަ އަހަރު، މި ހިދުމަތަކީ މަދަނީ ހިދުމަތަކަށް ބަދަލުވެ ފުލުހުންނާ ރައްޔިތުންނާ ގާތުން ގުޅިގެން ހިދުމަތް ދިނުމަށް ދެކެމުންދިޔަ ހުވަފެން ހަގީގަތަކަށް ހައްދަވައިދެއްވި ކަމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާއަށް ފުލުހުންގެ ނަމުގައި ޝުކުރު އަދާކުރެއްވި އެވެ.

އަދި ރައްޔިތުންނާ ގާތުން ދިވެހި ފުލުހުންގެ ހިދުމަތް ދިނުމަށް ވެލައްވާފައިވާ ވައުދުފުޅާ އެއްގޮތަށް، ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާންގެ ވިސްނުންފުޅާއި ކުރައްވާ މަސައްކަތްޕުޅާއި، ފުލުހުންގެ ޚިދުމަތުން ރިޓަޔާކުރައްވާފައިވާ ބޭފުޅުންގެ އިތުރުން ފުލުހުންގެ އެކި ބަހާތަކުން އެކި ފުލުހުން ވެދެއްވި އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވި އެވެ. އަދި އެމްޓީސީސީއަށާއި އިންނަމާދޫ ކައުންސިލަށް ވެސް ޝުކުރު އަދާކުރެއްވި އެވެ.

"ވަރަށް ދަތި އުނދަގުލާއެކު ފުލުހުންގެ ހިދުމަތް ދިނުމަށް ފެށި މި ހިދުމަތް އަޅުގަނޑު ހަނދާން އެބަހުރި. ވަރަށް މަދު ތަނެއްގައި ވަރަށް މަދު ވަސީލަތާއެކު ފެށި މި ހިދުމަތް މިހާރު މިވަނީ ބަދަލުވެފައި،" ސީޕީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު