ENGLISH
15 ނޮވެމްބަރު 2025
ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ޞިއްޙީ އާދަތަކަށް ޅައިރުއްސުރެ އަހުލުވެރިވުން މުހިންމު: ރައީސް
14 ނޮވެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުޅުމާލޭ ޑައިލަސިސް ސެންޓަރު ހުޅުވައިދެއްވުން، ފޮޓޯ: ރައީސް އޮފީސް
ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ޞިއްޙީ އާދަތަކަށް ޅައިރުއްސުރެ އަހުލުވެރިވުން މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ:
އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސްގެ މެސެޖުގައި ކެއިންބުއިމާއި، ހަރަކާތްތެރިވުމާއި، ދުވަހުގެ ތާވަލު ރާވާލުމުގައިވެސް ޞިއްޙަތަށް ސަމާލުވާން ޖެހޭ ކަމުގައި ވިދާޅުވި އެވެ. އަދި ހަށިގަނޑަށް ގެއްލުން ހުރި ކަންކަމާ ދުރުހެލިވުމުގެ ތަރުބިއްޔަތު ލިބިގަންނަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
”.. މިގޮތުން، މިކަންކަމަށް މުޖްތަމަޢު ހޭލުންތެރި ކުރުމަށް އަމިއްލަ ޖަމާޢަތްތަކާއި ފަރުދުންގެ ފެންވަރުގައިވެސް ކުރައްވާ މަަސައްކަތްތަކަށް ޝުކުރު ދަންނަވަން،” ރައީސްގެ ޕޯސްޓްގައި ވިދާޅުވި އެވެ.
ރައީސްގެ މެސެޖުގައި ވަނީ ދިވެހީންނަކީ ބަލިތަކާ ދުރު ދުޅަހެޔޮ ބަޔެއްގެ ގޮތުގައި ދެމިތިބެ، ޤައުމު ބިނާކޮށް ބާއްޖަވެރި ދިރިއުޅުމެއް ހޯދުމުގެ ޢަޒުމު މިފަދަ ކޮންމެ ދުވަހަކުމެ އާކުރަން ވާނެ ކަމުގައި ވިދާޅުވެފަ އެވެ.
ހަކުރު ބައްޔަކީ ދިވެހީންގެ މެދުގައި މިއަދު އެންމެ އާންމު އެއް ބައްޔެވެ. އެއީ ފުރާނައަށް ނުރައްކާ ޙާލަތަށް މީހާ ގެންދާ ބައްޔެކެވެ.
އާއިލީ ވާރުތަކުރުމުން ވެސް ޖެހޭ މި ބައްޔަކީ ސިއްޙީ ނުރަނގަޅު އާދަތަކުގެ ސަބަބުން ޖެހުމަށް މަގުފަހިވާ ބައްޔެކެވެ.