ENGLISH
15 ނޮވެމްބަރު 2025
މިރޭގެ ޖަލްސާގެ ފޯރި ވަރަށް ގަދަ؛ އަދިވެސް މީހުން އަންނަނީ
14 ނޮވެމްބަރު 2025
|
އިއްޔެ މާލެ އައި ބަޔަކު ---
ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން މިރޭ ބާއްވާ "ދިވެހީންގެ ރާއްޖެ" ޖަލްސާގައި ބައިވެރިވުމަށް އަތޮޅުތަކުގެ ރަށްތަކުން އެތައް ސަތޭކަ ބަޔަކު މާލެ އައިސްފައިވާއިރު އަދިވެސް ގިނަ ބަޔަކު މާލެ އަންނަމުން އެބަ ދެ އެވެ.
އިއްޔެއާ ރޭ އަދި މިއަދުގެ އެކި ވަގުތުތަކުގައި ވެސް ގިނަ ބަޔަކު މާލެ އަންނާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
މިރޭ އާޓިފިޝަލް ބީޗް ސަރަޙައްދުގައި އޮންނަ ޖަލްސާއަކީ މި ފަހުން ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބައިބޯ ޖަލްސާއަށް ވާނެ ކަމަށް ބެލެވެ އެވެ. މި ޖަލްސާގެ ފޯރިގަދަވެ "މަވެސް ދާނަން" ނަމުގައި ޕާޓީގެ އިސް ބޭފުޅުންނާއި ސަޕޯޓަރުންނާއި އެކްޓިވިސްޓުން ގެންދަނީ ބޮޑު ކެމްޕެއިނެއް ވެސް ހިންގަމުންނެވެ.
އިއްޔެވެ ވެސް ވަރަށް ގިނަ ބަޔަކު ވަނީ މާލެ އައިސްފަ އެވެ.
ޕީއެންސީން ވަނީ ސަޕޯޓަރުންނަށް މަރުހަބާ ކިޔުމަށް ފުރިހަމަ އިންތިޒާމުތަކެއް ކޮށްފަ އެވެ. އެގޮތުން "މަރުހަބާ ޓީމް" ނަމުގައި ބޮޑު ޓީމެއް އެކުލަވާލާފައިވެ އެވެ. އެ ޓީމުން ގެންދަނީ ޖަލްސާއަށް އަންނަ މީހުންނަށް މަރުހަބާ ކިޔަމުންނެވެ. އަދި ޕާޓީގެ އިންތިޒާމްތަކުގެ މައުލޫމާތު ހިއްސާ ކުރެ އެވެ.
މިއީ އާންމުކޮށް ފެންނަ މަންޒަރެއް ނޫނެވެ. ސިޔާސީ މިފަދަ ޖަލްސާތަކަށް ގިނަ މީހުން އަންނަނީ ސިޔާސީ ފޯރީގައި ނަމަވެސް ޕާޓީތަކުން ފުރިހަމަ އިންތިޒާމުތަކެއް ހަމަޖައްސާފައި ނުހުންނާތީ އާންމުންގެ ކަންބޮޑުވުން އޮވެ އެވެ.
މިރޭގެ ޖަލްސާއަކީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ޚާއްސަ ޖަލްސާއަކަށް ވާނެ ކަމަށް ބެލެވެ އެވެ. އެއްގޮތަކުން މިއީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި ބާއްވާ މިފަދަ އެންމެ ބޮޑު އެއް ޖަލްސާއަށް ވާނެ ކަމަށް ބެލެވެ އެވެ.
ކޮންގްރެސް ޕާޓީގެ ލީޑާޝިޕުން ވެސް ވަނީ އެކަން ހާމަކޮށްފަ އެވެ. އެ ޖަލްސާއަކީ މިހާތަނަށް ނުބޭއްވޭފަދަ ކުލަގަދަ އަދި ފުރިހަމަ އިންތިޒާމެއްގެ ދަށުން ބާއްވާ ޖަލްސާއަކަށް ހެދުމަށް ގިނަ ތައްޔާރީތަކެއް ދަނީ ވަމުންނެވެ.
ކޮންގްރެސް ޕާޓީން ބުނި ގޮތުގައި މާދަމާރޭގެ ޖަލްސާއިން ފެންނާނެ އެންމެ މުހިންމު އެއް ކަމަކީ ރައްޔިތުންގެ ވިންދާއި އިހްސާސްތައް ހުރި ގޮތެވެ. ރައްޔިތުން ތިބި ގޮތެވެ. އަދި ސަރުކާރަށް ރައްޔިތުންގެ އޮތް ތާއީދެކެވެ.
"ދިވެހީން ރާއްޖެ" ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި ކޮންގްރެސް ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި މި ޖަލްސާގައި ދިވެހިރައްޔިތުންނާ މުޚާތަބު ކުރައްވާ އެމަނިކުފާނު ވާހަކަފުޅު ދައްކަވާނެ އެވެ.
މިރޭ 9:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި ޖަލްސާ އެމްއެމްޓީވީން ވަގުތުން ގެނެސްދޭނެ އެވެ. އަދި ޖަލްސާއާ ގުޅޭ މައުލޫމާތުތައް މިއަދުގެ އެކި ވަގުތުތަކުގައި ގެނެސްދެމުން ގެންދާނެ އެވެ.