ENGLISH

13 ނޮވެމްބަރު 2025

Advertisement

މަންފާގެ ފަރާތުން މިރޭ ބޮޑު ދަރުހެއް ބާއްވަނީ

13 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

މަންފާގެ ދަރުސް މިރޭ އޮންނާނެ

މަންފާ ޖަމިއްޔާ އިން އިންތިޒާމުކޮށް ބާއްވާ ބޮޑު ދަރުހެއް މިރޭ އޮންނާނެ ކަމަށާ އެ ދަރުސް އަޑުއެހުމަށް ވީހާވެސް ގިނަ ބަޔަކު ހާޒިރުވުމަށް އެދިއްޖެ އެވެ.

މަންފާ ޖަމިއްޔާގެ ރައީސް އަލީ ރަމީޒު މިއަދު ވިދާޅުވީ އެ ޖަމިއްޔާ އިން އިންތިޒާމު ކުރާ ވަރަށް ޚާއްސަ ދަރުހެއް މިރޭ އޮންނާނެ އެވެ. މިރޭގެ ދަރުސް އޮންނާނީ 9:00 ގައި އާޓިފިޝަލް ބީޗްގަ އެވެ.

މި ދަރުސް ދެއްވާނީ ޑރ. އާދަމް ޝަމީމް އެވެ. މި ދަރުސް އަޑުއެހުމަށް ވީހާވެސް ގިނަ ބަޔަކު ހާޒިރުވުމަށް އަލީ ވަނީ ދަޢުވަތު ދީފަ އެވެ.

މިއީ މަންފާގެ ފަރާތުން މިފަދަ ބޮޑު ދަރުހެއް ބާއްވާ ދެވަނަ ފަހަރަށެވެ. މީގެ ކުރީން އައްޝައިހް އިބްރާހިމް ރާފިއު ދެއްވި ދަރުސްއަށް ވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ.

މިރޭގެ ދަރުސް އިންތިޒާމު ކުރުމުގައި ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބިފައިވާކަން ފާހަގަކޮށް އެ ހުރިހާ ފަރާތްތަކަށް އެ ޖަމިއްޔާ އިން ވަނީ ޝުކުުރުއަދާކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު