ENGLISH

13 ނޮވެމްބަރު 2025

Advertisement

ޑްރަގާ ދެކޮޅު ބޮޑު އޮޕަރޭޝަނެއް ހިންގަން ރައީސް އެންގެވުން؛ 500 އަށްވުރެ ގިނަ ފުލުހުން ހަރަކާތްތެރިވަނީ

13 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ފުލުހުންގެ އިވެންޓެއްގައި ރައީސް ޑރ.މުޢިއްޒު ބައިވެރިވެވަޑައިގަންނަވަނީ

މަސްތުވާތަކެއްޗާ ދެކޮޅަށް ވަރުގަދަ ބޮޑު އޮޕަރޭޝަނެއް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު އެންގެވުމާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑްރަގާ ދެކޮޅު ބޮޑު އޮޕަރޭޝަން ތަންފީޒުކުރުމަށް 500 ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ. 

ރައީސް މިއަދު އެކްސްގަައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަކީ މަސްތުވާތަކެތީގެ ވަބާއިން އެކީ ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށްޓަކައި ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. 

މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑްރަގުގެ ވިޔަފާރި ކުރާ މީހުންނާ ދެކޮޅަށް ހާއްސަކޮށްގެން ބޮޑު އޮޕަރޭޝަނެއް މިއަދު ހިންގުމަށް ފުލުހުންނަށް އަންގަވާފައިވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ އެ އެންގެވުމާ ގުޅިގެން ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވާން ފަށާފައިވެއެވެ. މި އޮޕަރޭޝަނުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއްފަހަރާ 100 އަށްވުރެ ތަންތަން ބަލައިފާސްކުރެވޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ އެމަަނިކުފާނުގެ އެންގެވުމަށް މިއަދު ހިންގާ މި ބޮޑު އޮޕަރޭޝަން ތަންފީޒުކުރުމުގައި ޖުމްލަ 500 އަށްވުރެ ގިނަ ފުލުހުން ހަރަަކާތްތެރިވާނެއެވެ. 

މިއީ މިފަހަރުގެ ތާރީހެއްގައި މުޅި ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާ ދެކޮޅަށް އެއްފަހަރާ މިހައި ބޮޑު އޮޕަރޭޝަނެއް ހިންގާ ފުރަތަަމަ ފަހަރެވެ. 

ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ޑްރަގު އެތެރެކޮށް އޭގެ ވިޔަފާރިކުރުން ހުއްޓުވުމަށް ބޮޑު އިސްކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ސަރުކާރުންދަނީ ކުރަމުންނެވެ. އެ މަސައްކަތްތަކުގެ ތެރެއިން ދާދިފަހުން ރާއްޖޭ ސަރަހައްދަށް 300 ކިލޯގެ މަސްތުވާތަކެއްޗާއެކު ވަން ލަންކާ ބޯޓެއް ފުލުހުން އަތުލައިގަނެފައިވެއެވެ. 

އޭގެ އިތުރަށް ސަރުކާރުން އަންނަނީ ޑްރަގަށް އޮތް ޑިމާންޑު ދަށްކުރުމުގެ ގޮތުން ޑްރަގަށް ދެވިހިފާފައިވާ މީހުންނަށް ދޭންޖެހޭ ފަރުވާ ފުޅާކުރުމުގެ ގޮތުން ޑިޓޮކްސިފިކޭޝަން ސެންޓަރުތަކާއި ރިހިބިލިޓޭޝަން މަރުކަޒުތައް އިތުރުކުރުމުގެ މަސައްކަަތްވެސް ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު