ENGLISH

13 ނޮވެމްބަރު 2025

Advertisement

އަތޮޅުތަކުން ބާއްވާ މުބާރާތްތަކަކީ ކުރިއަށް އެޅޭ ފިޔަވަޅެއް އަދި އިޖުތިމާޢީ ހަރަކާތެއް: ނައިބު ރައީސް

13 ނޮވެމްބަރު 2025

|

ހަސަން އާމިރު

އަތޮޅު ކައުންސިލްތަކުން އިންތިޒާމުކޮށްގެން އެކި މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ، ކުރިޔަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާ، އަދި މިއީ ވަރަށްބޮޑު އިޖުތިމާޢީ ޙަރަކާތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު‎ އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެ އެވެ.

ހއ. އުތީމުގައި ރޭ ބޭއްވި ތިލައުތުރު ފުޓުސަލް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ އެއީ ކުޅިވަރުގެ އިތުރަށް އިޤުތިޞާދީ މަންފާތަކެއް ވެސް ލިބިގެންދިޔަ މުބާރާތެއް ކަމަށެވެ. އަދި މުބާރާތް ރާވައި ދެއްވިކަމަށްޓަކައި އަތޮޅުކައުންސިލަށް ވަނީ ޝުކުރު އަދާކުރައްވައިފައެވެ. މިފަދަ މުބާރާތްތައް ހިންގުމުގައި ސަރުކާރުގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވައިފައެވެ.

ތިލައުތުރު ފުޓްސަލް މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހއ. އުތީމު ފުޓްބޯޅަ ދަނޑަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤާއި އުތީމު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދެވެ.

މި މުބާރާތުގެ ފައިނަލް މެޗުގައި ވާދަކުރީ މުރައިދޫ ޓީމާއި، އުތީމު ޓީމެވެ. މި މެޗުން ކާމިޔާބު ކުރީ އުތީމު ޓީމެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ތާޖު ހަވާލުކޮށްދެއްވައި، މުބާރާތުގެ ޗެމްޕިއަން ޓީމަށް މެޑަލް އަދި ޓްރޮފީ ދެއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު