ENGLISH

25 ނޮވެމްބަރު 2024

އެޕަލްއިން ގްލޯބަލްސްޓަރ ސެޓަލައިޓް ކަވަރޭޖް އެކްސްޕެންޝަނަށް 1.5 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް.

02 ނޮވެމްބަރު 2024

|

އާމިނަތު މައިހާ

އެޕަލްއިން 1.5 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ގްލޯބަލްސްޓަރގެ ސެޓަލައިޓް އެކްސްޕެންޝަނަށް ފަންޑްކުރަން ނިންމައިފިއެވެ. މި އިންވެސްޓްމެންޓަކީ އައިފޯނުގެ ކޮމިއުނިކޭޝަން ސަރވިސްތައް ފުޅާކޮށް ރަނގަޅު ކުރުމަށް ކުރާ އިންވެސްޓްމެންޓެކެވެ. 

ފަންޑިންގް އެގްރީމެންޓްގައިވާ ގޮތުގެ މަތިން 1.1 ބިލިއަން ކޭޝްއިން ދައްކާގޮތަށް ނިންމާފައިވާއިރު، ގޮލޯބަލްސްޓަރ ކުންފުނީގެ 20 އިންސައްތަ އިކުއިޓީ 400 މިލިއަން ގަތުމަށް ވެސް އެޕަލްއިން ނިންމާފައިވެއެވެ.

ގޮލޯބަލްސްޓަރ ކުންފުނިން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ 85 އިންސައްތަ ކެޕޭސިޓީ އެޕަލްއަށް ދިނުމަށްވަނީ ނިންމާފައެވެ. މި ދެ ކުންފުނިންވަނީ 2022 ވަނަ އަހަރުގައި ޕަާޓްނާޝިޕެއްގައި ސޮއިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު