ENGLISH
10 ނޮވެމްބަރު 2025
މި ސަރުކާރު ހަވާލުވިއިރު ހަނިމާދޫ އެއާޕޯޓްގެ ނިމިފައިވަނީ 30 ޕަސެންޓް: ޝަރީފް
09 ނޮވެމްބަރު 2025
|
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދު
އިންޑިޔާގެ އެގްޒިމް ބޭންކުގެ އެހީގައި ތަރައްޤީކޮށް މިރޭ ހުޅުވި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތުގެ ތެރެއިން މިދިޔަ ސަރުކާރު ނިމުނުއިރު ފުރިހަމަ ކުރެވިފައި ވަނީ 30 އިންސައްތަ ކަމަށް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދު މިރޭ ވިދާޅުވެއްޖެ އެވެ.
ޝަރީފް މިހެން ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޝަރީފް ވިދާޅުވި ގޮތުގައި އެއަރޕޯޓްގެ ތަރައްޤީ ފެށުނީ ކުރީ ސަރުކާރުގައި ކަމަށްވީއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ނިމިފައިވަނީ 28 ނުވަތަ 30 އިންސައްތަ މަސައްކަތެވެ.
އެއީ ބަޔަކަށް ޤަބޫލުކުރަން ދަތިވާނެ ކަމެއް ނަމަވެސް އެކަމުގެ ހަޤީޤަތް ޝަރީފް ސާފުކޮށްދެއްވި އެވެ.
"މި މަސައްކަތަކީ މި ސަރުކާރު އައިއިރު 28 ޕަސެންޓާއި 30 ޕަސެންޓާއި ކޮމްޕްލީޓްވެފައިވާ ތަނެއް. ތަފާތު މީހުން ތަފާތުގޮތްގޮތަށް ދެކިދާނެ. އެކަމަކު މިވަރު ބޮޑު ފެސިލިޓީއެއް ހަދާއިރު ހިންގުމަށް ބޭނުންވާ ހުރިހާ ކަމެއް އެއީ ހިންގުމަށް ބޭނުންވާނެ ކަންކަން. އަޅުގަނޑުމެން ހަވާލުވިއިރު ޕެސެންޖާ ޓާމިނަލް ބިލްޑިންއެއް ނުނިމޭ. ކާގޯ ޓާމިނަލް ބިލްޑިންއެއް ނުނިމޭ. ޖެޓީއެއް ނުނިމޭ, ފަޔަރ ސްޓޭޝަނެއް ނުނިމޭ. އިންޖީނުގެއެއް ނުނިމޭ," ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ގިނަ މަސައްކަތް ނުނިމި ހުރި ނަމަވެސް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މުޅި މަސައްކަތް ނިންމާލެވުނީ އެ މަސައްކަތް ކުރެއްވުމަށް ބާރު އަޅުއްވާ ރައީސުލްޖުމްހޫރިއްޔާ ދެއްވެވި އެހީތެރި ކަމުގެ ސަބަބުންނެވެ. އެކަމަށްޓަކައި އެމަނިކުފާނަށް ވަނީ ޝުކުރުއަދާކުރައްވާފަ އެވެ.