ENGLISH
06 ނޮވެމްބަރު 2025
ކޮބާ ދެން ނުތިބޭ؛ "އަލްވަދާއު"ގެ ޓިކެޓް ވިއްކަން ފަށައިފި
06 ނޮވެމްބަރު 2025
|
ޑާކްރެއިން އެންޓަޓައިމަންޓުން މި އަހަރު ގެނެސްދޭ ފަހު ފިލްމް "އަލްވަދާއު" ގެ ޕޯސްޓަރެއް --
ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމް ސްޓޫޑިއޯ -- ޑާކްރެއިން އެންޓަޓައިމަންޓުން މި އަހަރު ގެނެސްދޭ ފަހު ފިލްމް "އަލްވަދާއު" ގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.
ދާދި ފަހުން "އަލިފާން" ނަމުގައި މޮޅު ފިލްމެއް ގެނެސްދިން ޑާކްރެއިންގެ އާ ފިލްމުގެ ޓިކެޓް ވިއްކަން ފެށީ މިއަދު ހެނދުނުން ފެށިގެންނެވެ. އެ ސްޓޫޑިއޯ އިން ބުނީ އޮލިންޕަހުގެ ކައުންޓަރުން މިހާރު ޓިކެޓް ވިއްކަމުންދާ ކަމަށެވެ.
"އަލްވަދާއު" އަކީ ޒުވާން ހުށައެޅުންތެރިޔާ ޝަހުދާ މަހްމޫދުގެ ސްކްރީންޕްލޭ އަކަށް އުފައްދާ ފިލްމެކެވެ. މި ފިލްމް ޑައިރެކްޓަރަކީ ޑާކްރެއިންގެ ރީތި ފިލްމުތައް ޑައިރެކްޓް ކޮށްފައިވާ އަލީ ޝިފާއު (ޗިއްޕެ) އެވެ.
ފިލްމުގެ ލީޑް ރޯލުން ފެންނަނީ މަރިޔަމް މަޖުދާ (މަޖޫ) އާއި ޝަރަފުއްދީން (ޝަރަފް) އެވެ. މީގެ އިތުރުން ދިވެހި ފިލްމީ އިންޑަސްޓްރީގައި އަދިވެސް އެފަދަ ދެވަނައެއް ނެތް މުޙައްމަދު ރަޝީދު (ދަރާ ރަޝީދު) އާއި ޝީލާ ނަޖީބް ވެސް ފެނިގެންދާނެ އެވެ.
މިއީ ސިނަމާއަށް އަންނާނެ އަސަރުގަދަ ލޯބީގެ ފިލްމެއް ކަމަށް ބެލެވެ އެވެ. ޑާރްކެއިންގެ ކޮންމެ އުފެއްދުމަކީ ވަރަށް މޮޅު, ރީތި އުފެއްދުމެކެވެ.