ENGLISH

28 އޮކްޓޯބަރު 2025

Advertisement

ތިން މަސް ތެރޭ އެމްއޭސީއެލްއިން 447 ތަމްރީން ޕްރޮގްރާމް ހިންގައިފި

28 އޮކްޓޯބަރު 2025

|

ޢަލީ ޝަހީމް

އެމްއޭސީއެލްއިން ތަމްރީނު ޕްރޮގްރާމެއް ކުރިއަށްގެންދަނީ. ފޮޓޯ: އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މުވައްޒަފުންނަށް މިދިޔަ ތިން މަސް ތެރޭ 447 ތަމްރީނު ޕްރޮގްރާމް ހިންގާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ. 

އެމްއޭސީއެލްއިން ބުނީ ތަމްރީނު ޕްރޮގްރާމްތަކަކީ، އެމްއޭސީއެލްގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުން މި އަހަރުގެ ތިންވަނަ ކުއާޓާގައި ހިންގި ޕްރޮގްރާމްތަކެއް ކަމަށެވެ.

ތަމްރީނު ޕްރޮގްރާމްތައް ހިންގީ، އެމްއޭސީއެލްގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ހުނަރުވެރި އަދި ގާބިލު ބައެއްކަން ކަށަވަރު ކުރުމަށް، ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އެމްއޭސީއެލްގެ ޓްރެއިނަރުން ކިޔަވައިދިން އެ ޕްރޮގްރާމްތައް 7773 ބައިވެރިން ފުރިހަމަކުރިކަމަށް އެމްއޭސީއެލްއިން ބުުނެފައިވެއެވެ. 

އެމްއޭސީއެލްއިން ވަނީ އޮޕަރޭޝަންސްތަކާއި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ މުހިންމު ސަރަހައްދުތަކާއި އެމްއޭސީއެލް އިން ލިބެން ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ސްކޫލް ދަރިވަރުންނަށް ދިނުމުގެ ހަތަރު ޓުއާއެއް ވެސް މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ކުރިއަށް ގެންގޮސްފައެވެ. ޓުއާތަކުގައި 273 ދަރިވަރުން ބައިވެރިވިއެވެ. 

އެމްއޭސީއެލްއިން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތްކުރަނީ އޭވިއޭޝަން ދާއިރާގެ އަދި އެމްއޭސީއެލްއަށް ބޭނުންވާ އެކި ދާއިރާތަކުން މީހުން ބިނާކޮށް، ވަޒީފާގައި ތިބި މުވައްޒަފުންގެ ހުނަރު ތަރައްޤީކޮށް އޭވިއޭޝަން ދާއިރާ މިހާރަށްވުރެ ވަރުގަދަކުރަން ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު