ENGLISH

03 ފެބްރުއަރީ 2026

Advertisement

ފާއިތުވި ހަފްތާގައި ސްކޭމްކުރުމުގެ 35 މައްސަލައެއް!

27 އޮކްޓޯބަރު 2025

|

އާމިނަތު ނުޒްލާ

މަގުމަތި ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވަނީ، ފޮޓޯ: ފުލުހުން

ފާއިތުވި ހަފްތާގައި ފުލުހުންގެ އިދާރާއަށް ސްކޭމްކުރުމުގެ 35 މައްސަލައެއް ހުށަހަޅާފައިވާކަމަށް އެ ހިދުމަތުން ބުނެފިއެވެ.

އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އޮކްޓޫބަރ 19 އިން އޮކްޓޫބަރު 25 ވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 35 މައްސަލައެއް ހުށަހަޅާފައިވެ އެވެ. މިމައްސަލަތަކުގައި ޖުމްލަ  372،000 ރުފިޔާ ގެއްލިފައިވާއިރު، މިފައިސާގެ ތެރެއިން ޖުމްލަ 148،000 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ.

މި މުއްދަތުގައި ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު، ސްކޭމްގެ އެންމެ ގިނައިން ހުށަހެޅިފައިވަނީ އީ-ކޮމަރސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން މިފަދަ 13 މައްސަލައެއް ހުށަހެޅިފައިވާއިރު، ދެން އެންމެ ގިނައިން ހިމެނެނީ ވަކި މީހަކަށް ހެދިގެން އޮޅުވާލައިގެން ކޮށްފައިވާ ވައްކަމުގެ މައްސަލަތަކެވެ. ވަކި މީހަކަށް ހެދިގެން އޮޅުވާލައިގެން  9 މައްސަލައެއް ހުށަހެޅިފައިވާއިރު، މި މުއްދަތުގައި  ފައިސާ މާރުކުރުމުގެ ނަމުގައު 6 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި  ވަޒީފާ ހޯދައިދިނުމުގެ ނަމުގައި 6 މައްސަލައަކާއި، އެހެނިހެން އެއް މައްސަލައެއް ހުށައަޅާފައިވެ އެވެ.

އެންޓި ސްކޭމް ސެންޓަރުގެ ތަފާސް ހިސާބަށް ބަލާއިރު ސްކޭމްގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވާ މަންސަތަކަކީ ފޯންކޯލް، އައިބޭ، އޮންލައިން މެސެޖިންގ މަންސަތައް، ފިޝިންގ ލިންކުތައް އަދި ފޭސްބުކް މާކެޓް ޕްލޭސްއެވެ.

ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދުވެސް ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށާއި އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓަރ އޮތެންޓިކޭޝަން ހެދުމަކީ މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް އެޅިދާނެ މުހިންމު ކަންކަން ކަމުގައި އެންޓި ސްކޭމް ސެންޓަރު ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު