ENGLISH

03 ފެބްރުއަރީ 2026

Advertisement

ނ. ފޮއްދޫ ސިއްޙީ މަރުކަޒުގެ ފައުންޑޭޝަން އެޅުމަށް ތައްޔާރުވަނީ

26 އޮކްޓޯބަރު 2025

|

އާމިނަތު ނުޒްލާ

ފޮއްދޫ ހެލްތް ސެންޓަރުގެ މަސައްކަތް ކުރިއަށްދަނީ--ފޮޓޯ:އެމްޓީސީސީ

ނ. ފޮއްދޫގައި އިމާރާތްކުރާ ސިއްޙީ މަރުކަޒުގެ ފައުންޑޭޝަން އެޅުމުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ފޮއްދޫގެ ސިއްޙީ މަރުކަޒުގެ ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފޮއްދޫއަށް ވަޑައިގެން ބޭއްވި  ޙާއްސަ ރަސްމިއްޔާތެއްގައެވެ. މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމްއެވެ.

ފޮއްދޫގައި އަލަށް އިމާރާތްކުރާ ޞިއްޙީ މަރުކަޒުގެ މަސައްކަތް އެމްޓީސީީސީއާ ހަވާލުކޮށްފައިވަނީ 26.8 މިލިއަން ރުފިޔާއަށެވެ.

އެރަށުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 18 އެނދުގެ ޞިއްޙި މަރުކަޒެކެވެ. ޞިއްޙީ މަރުކަޒު ތަރައްޤީ ކުރާނީ އެހެނިހެން މުހިއްމު ވަޞީލަތްތަކާއެކުއެވެ. 

ކިޔުންތެރިންގެ ހިޔާލު