ENGLISH

13 އޮކްޓޯބަރު 2025

Advertisement

ބިލެތްފަހީ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަތުން

13 އޮކްޓޯބަރު 2025

|

ހަސަން އާމިރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު ހަވީރު ށ. ބިލެތްފަހީގައި ގިނަ މަޝްރޫޢުތަކެއް ފައްޓަވައިދެއްވުން ޝަރަފްވެރިކޮށްދެއްވައިފި. ރައީސުލްޖުމްހޫރިއްޔާ ބިލެތްފައްސަށް ވަޑައިގެން އެންމެ ފުރަތަމަ ބައިވެރިވެވަޑައިގަތީ އެރަށުގައި ބިން ހިއްކައިން އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގަ. އޭގެފަހުން މުހިއްމު އެހެނިހެން މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް އެރަށުގައި ވަނީ ފައްޓަވައިދެއްވާފަ. މިއަދު ފެށި މަޝްރޫޢުތަކަކީ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމާއި، ކައުންސިލް އިދާރާ އިމާރާތްކުރުމުގެ މަޝްރޫޢުގެ އިތުރުން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އެޅުން. ބިލެތްފަހީގައި ފުލުހުންގެ މަރުކަޒާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އިމާރާތްކުރަނީ ފެނަކަ ކޯޕަރޭޝަނުން.

ކިޔުންތެރިންގެ ހިޔާލު