ENGLISH

13 އޮކްޓޯބަރު 2025

Advertisement

ށ. ބިލެތްފަހި އެއަރޕޯޓް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން

13 އޮކްޓޯބަރު 2025

|

ހަސަން އާމިރު

ށ. ބިލެތްފަހީގެ ބިންހިއްކުމާއި އެއާޕޯޓް ތަރައްޤީކޮށް އޮޕަރޭޓް ކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ޙަވާލުކޮށް އެއާޕޯޓް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފި. ބިލެތްފަހީގައި ތަރައްޤީކުރާ އެއާޕޯޓުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމާއި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުން އޮތީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅުގަ. ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ހުޝާމް ޢަލީ އަދި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު. ބިލެތްފަހީގައި އެއާޕޯޓެއް އެޅުމަށް ޕްލޭންކުރެވުނު ނަމަވެސް މިދިޔަ ދެ ސަރުކާރަށް ވެސް އެކަމުގެ އަމަލީ އެއްވެސް މަސައްކަތެއް ކުރެވިފައެއް ނުވޭ. 

ކިޔުންތެރިންގެ ހިޔާލު