ENGLISH
21 އޮކްޓޯބަރު 2025
ރައީސުލްޖުމްހޫރިއްޔާ، ށ. ގޮއިދޫ ރަށު ކައުންސިލް އަދި އ.ތ.މ. ކޮމިޓީއާ ބައްދަލުކުރެއްވުން
13 އޮކްޓޯބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ށ. ގޮއިދޫ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި. މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ގޮއިދޫ ކައުންސިލް އިދާރާގައެވެމި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ސްކޫލްގެ އަށް ކްލާސްރޫމް ހިމެނޭ އިމާރާތުގެ މަސައްކަތް ހުއްޓިފައި ގިނަދުވަސްވެފައިވާތީ އެމަސައްކަތް ނިންމަވައިދެއްވުމަށް އެދިވަޑައިގެންނެވި. އަދި ރަށުގެ ބަނދަރުގެ ޖާގައިގެ ދަތިކަމާއި، ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވައި، ކުޅިވަރުގެ ވަސީލަތްތައް އިތުރުކޮށް ދެއްވުމަށް ކައުންސިލުން އެދިވަޑައިގަތް. މީގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި ރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުކޮށް، ދަނޑުވެރިކަން ކުރާ ސަރަހައްދާއި ފަތުރުވެރިކަމަށް ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދެއްވުމަށް ވެސް ކައުންސިލުން ވަނީ އެދިވަޑައިގެންފަ. ރަށުގެ ތިން ސަރަހައްދަކުން ރަށްގިރަމުންދާކަން ފާހަގަކުރައްވައި، ރަށްގިރުމުގެ މައްސަލަ ވެސް ހައްލުކޮށްދެއްވުމަށް ގޮއިދޫ ކައުންސިލުން ވަނީ އެދިވަޑައިގެންފަ.