ENGLISH
21 އޮކްޓޯބަރު 2025
ރައީސުލްޖުމްހޫރިއްޔާ، ށ. ކަނޑިތީމު ރަށު ކައުންސިލް އަދި އ.ތ.މ. ކޮމިޓީއާ ބައްދަލުކުރެއްވުން
13 އޮކްޓޯބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ށ. ކަނޑިތީމު ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި. މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ކަނޑިތީމު ކައުންސިލް އިދާރާގަ. މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ މަގުހެދުމާއި ބަނދަރު ހެދުމުގެ މަސައްކަތް ރައްޔިތުން ބޭނުންވާ ގޮތަށް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވި. މީގެ އިތުރުން ރަށުގައި މިހާރު އަމަލީ މަސައްކަތް ފެށިފައިވާ ސްކޫލްގެ މަލްޓި ޕަރޕަސް ހޯލު އިމާރާތްކުރުމުގެ މަސައްކަތާއި ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓިފައިވާތީ އެ މަސައްކަތް ވީހާވެސް އަވަހަށް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯއްދަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވި. މި ބައްދަލުވުމުގައި ކައުންސިލް މެމްބަރުން އަދި ރަށުގެ ޞިއްހީ މަރުކަޒުގެ ފަރާތުން ވަނީ، ޞިއްހީ މަރުކަޒަކީ ސައުވީސް ގަޑިއިރު ޚިދުމަތްދެމުންދާ ތަނަކަށްވާތީ، ލެބް ޓެކްނީޝަނެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފަ.