ENGLISH

21 އޮކްޓޯބަރު 2025

Advertisement

ރައީސުލްޖުމްހޫރިއްޔާ، ށ. ނޫމަރާ ކައުންސިލްގެ އައު އިމާރާތް ހުޅުއްވައިދެއްވުން

13 އޮކްޓޯބަރު 2025

|

ހަސަން އާމިރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުގައި އެ އަތޮޅު ނޫމަރާއަށް ވަޑައިގެން އެރަށުގައި ސަރުކާރުން އިމާރާތްކުރި ކައުންސިލް އިމާރާތް ހުޅުއްވައިދެއްވައިފި. ކައުންސިލް އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އާ އިމާރާތް ބައްލަވާލައްވާފަ. ރާއްޖޭގެ ރަށްތަކުގެ ކައުންސިލް އިމާރާތްތަކުގެ ހާލަތު ރަނގަޅުކުރުމުގެ ބޮޑު މަޝްރޫޢެއް ސަރުކާރުން އަންނަނީ ހިންގަމުން. އެގޮތުން ބައެއް ރަށްރަށުގެ ކައުންސިލް އިމާރާތްތައް ނިންމައި މިހާރު ވަނީ ހުޅުވައިފަ. ކައުންސިލް އިމާރާތް ހުޅުވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށުގައި ފައްޓަވައިދެއްވީ އަލަށް އިމާރާތްކުރާ މިސްކިތް ބިނާކުރުމުގެ މަޝްރޫޢާއި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު ގާއިމުކުރުމުގެ މަޝްރޫޢުގެ އިތުރުން އެރަށުގައި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ މަޝްރޫއu. 

ކިޔުންތެރިންގެ ހިޔާލު