ENGLISH
21 އޮކްޓޯބަރު 2025
ރައީސުލްޖުމްހޫރިއްޔާ، ށ. ނޫމަރާ ރަށު ކައުންސިލް އަދި އ.ތ.މ. ކޮމިޓީއާ ބައްދަލުކުރެއްވުން
13 އޮކްޓޯބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ށ. ނޫމަރާ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި. މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ނޫމަރާ ކައުންސިލް އިދާރާގަ. މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުން ކަންކަން ވަނީ ހިއްސާކުރައްވާފަ. އެގޮތުން ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތާއި، މޫދަށް އެރޭނެ ސަރަހައްދަކާއި އޮޑިއެހެލައި، މަރާމާތު ކުރެވޭނެ ތަނެއްގެ އިތުރުން ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކައުންސިލުން ވަނީ އެދިވަޑައިގެންފަ. މީގެ އިތުރުން، އާރު.ޓީއެލް ދަތުރުގެ ރޫޓު ބަދަލުކޮށްދެއްވުމަށް ވެސް ކައުންސިލުން ވަނީ އެދިވަޑައިގެންފަ. ރަށުގެ ތަރައްޤީއަށް ބޭނުންވާ އެހެން ކަންކަމުގެ ތެރޭގައި ސްކޫލަށް ލައިބްރަރީއަކާއި، މަލްޓިޕާޕަސް ހޯލެއްގެ އިތުރުން ރަށުގެ ޞިއްހީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފެށޭނެގޮތް ހަމަޖައްސަވައިދެއްވުމަށް ވެސް ކައުންސިލުން ވަނީ އެދިވަޑައިގންފަ.