ENGLISH
13 އޮކްޓޯބަރު 2025
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުން
12 އޮކްޓޯބަރު 2025
|
ކީރިތި ޤުރުއާން ކިޔެވުމުގެ 37 ޤައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ޝަރަފުވެރިކޮށްދެއްވައިފި. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި އެންމެ އިސްކަން ދޭންޖެހޭނީ ކީރިތި ޤުރުއާން ކިޔެވުމަށް ހިތްވަރު ދިނުމަށާއި ބާރު އެޅުމުގެ އިތުރުން އެ ދާއިރާއިން ކުރިއަށް ދިއުމަށް ހުރިހާ މަގުތަކެއް ފަހިކޮށްދިނުމަށް ކަމުގައި. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަށް ޚާއްސަ އިސްކަންދެއްވުމަށް ނިންމެވީ މި ޤައުމުގެ ދަރިން ތަރުބިއްޔަތުކޮށް، ބައްޓަންކުރުމުގެ ބޭނުމުގައި ކަމުގައި ވިދާޅުވި. އަދި މި މުބާރާތަކީ ރާއްޖޭގެ އެންމެހާ ކިޔަވާ ކުދިން ކުރިއަށްއޮތް ދުވަސްތަކުގައި ވަރަށް ގަދައަޅާ، ފޯރީގައި، ވަރަށް ރަނގަޅަށް ތައްޔާރުވެގެން، ގިނަ ފަރާތްތަކެއް ބައިވެރިވުމާއެކު ވަނަތައް ހޯދުމަށް މަސައްކަތް ކުރާނެ މުބާރާތަކަށް ވެގެންދާނެކަމަށް އުންމީދުކުރައްވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވި.