ENGLISH

21 އޮކްޓޯބަރު 2025

Advertisement

"ސެމިނަރ އޮން އިސްލާމިކް ލީޑަރޝިޕް އެންޑް އިންޓަރގްރޭޝަން އޮފް ނޮލެޖް" ނައިބް ރައީސް އިފްތިތާޙުކޮށްދެއްވުން

11 އޮކްޓޯބަރު 2025

|

ހަސަން އާމިރު

"ސެމިނަރ އޮން އިސްލާމިކް ލީޑަރޝިޕް އެންޑް އިންޓަރގްރޭޝަން އޮފް ނޮލެޖް" ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އިފްތިތާހުކޮށްދެއްވައިފި. އިސްލާމިކް ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ޢިލްމު ފޯރުކޮށްދިނުމަކީ ހަމައެކަނި މަޢުލޫމާތު ބަދަލުކުރުން ނޫން ކަމަށާއި، އެއީ އެކަމުގެ ތެރެއިން ޙިކުމަތްތެރިކަމާއި ޒިންމާދާރުކަން އަށަގަންނުވާ ކަމަކަށް ވެސް ވާންޖެހޭކަމުގައި ވިދާޅުވި. ތަޢުލީމީ ދާއިރާ ހަރުދަނާ ކުރެއްވުމަށާއި، އިންސާނީ ވަޞީލަތްތައް ތަރައްޤީ ކުރެއްވުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވި. އަދި، ޢިލްމާއި ރިވެތި އަޚްލާޤުގެ މައްޗަށް ބިނާވެފައިވާ މުޖްތަމަޢެއް ބިނާކުރުމަކީ، ޤައުމު ކުރިއެރުވުމަށްޓަކައި ވަރަށް މުހިންމު ކަމެއްކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވި.

ކިޔުންތެރިންގެ ހިޔާލު