ENGLISH
11 އޮކްޓޯބަރު 2025
ޤައުމީ ވޮލީބޯޅަ ޓީމު އިޢުލާނުކުރުމުގެ ރަސްމިއްޔާތުގައި ނައިބް ރައީސް ބައިވެރިވެވަޑައިގަތުން
10 އޮކްޓޯބަރު 2025
|
ޤައުމީ ސީނިއަރ ވޮލީބޯޅަ ޓީމު އިޢުލާނުކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޙަފުލާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ޝަރަފުވެރިކޮށްދެއްވައިފި. މި ހަފުލާގައި އެމަނިކުފާން ވަނީ ބޭރު ޤައުމުތަކުގައި ދިވެހިރާއްޖެ ތަމްސީލު ކުރާއިރު، ޤައުމުގެ ރިވެތި ނަމާއި ޝަރަފު ދެމެހެއްޓެވުމަށް، ރާއްޖޭގެ ޤައުމީ ސީނިއަރ ވޮލީބޯޅަ ޓީމުގެ ކުޅުންތެރިންގެ ފަރާތުން އެދިވަޑައިގެންފަ. ޤައުމީ ޓީމަށް ހިތްވަރު ދެއްވައި ކާމިޔާބީއަށް އެދިވަޑައިގެން އެމަނިކުފާނު ވިދާޅުވީ، ދިވެހިޤައުމީ ޓީމުތަކުން ކުޅިވަރުގައި ހޯއްދަވާ ކާމިޔާބީއަށް ދިވެހި ރައްޔިތުން ފަޚުވެރިވާކަމަށް. އަދި ވޮލީބޯޅަ ޓީމުވެސް މުބާރާތުގެ ތަށި ހޯއްދެވުމުގެ އުއްމީދުގައި ކުޅުއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި. ވޮލީ އަކީ، ރާއްޖޭގައި މިހާރު ކާމިޔާބާއި ކުރިއެރުން ހޯދަމުން އަންނަ ކުޅިވަރެއްކަން ފާހަގަކުރައްވައި، ސަރުކާރުން ރާއްޖޭގައި ވޮލީ ކުރިއެރުވުމަށް މަސައްކަތް ކުރައްވާކަމަށާއި އަދި ކުރިއަށް އޮތް ތަނުގައިވެސް މިދާއިރާ ކުރިއެރުވުމަށް އެހީތެރިކަން ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި.