ENGLISH

10 އޮކްޓޯބަރު 2025

Advertisement

މިފްކޯ ބޯޑްގައި މަސްވެރީން ތަމްސީލުކުރާ މެމްބަރު އައްޔަނުކޮށްފި

09 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ކެއުޅުންނާ ރައީސް ބައްދަލު ކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ޑިރެކްޓަރުންގެ ބޯޑްގައި މަަސްވެރީން ތަމްސީލުކުރާ މެންބަރު އައްޔަނުކުރައްވައިފި އެވެ.

މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށް، މިފްކޯގެ ބޯޑަށް މަސްވެރިން ތަމްސީލުކުރާ ފަރާތެއް ޢައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

ކުންފުނިތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ ޕީސީބީން މިއަދު ބުނީ މިފްކޯގެ ޑިރެކްޓަރުންގެ ބޯޑުގައި މަސްވެރިން ތަމްސީލުކުރާ މެންބަރުކަމުގެ މަގާމަށް ގދ.ތިނަދޫ، ރިހިވެލި ރީޝަމް މުޙައްމަދު ޝަރީފް އައްޔަނުކޮށްފައިވާ ކަަމަށެވެ.

މިފްކޯ ހިންގުން ހަރުދަނާކޮށް މަސްވެރީން ބާނާ މަސް ގަނެ ވަގުތުން ފައިސާ ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން މިފްކޯގެ ހިންގުން ހަރުދަނާ ކުރައްވާ މިފްކޯއަށް ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެވޭނެ އިންތިޒާމު ވަނީ ހަމަަޖައްސަވާފަ އެވެ.

އޭގެ ކުރީން މަސްވެރީންނަށް ނުދީ ކުރީ ސަރުކާރުން ހިފަހައްޓާފައިވާ އެތައް މިިލިއަން ރުފިޔާއެއް ވަނީ ދޫކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު