ENGLISH
10 އޮކްޓޯބަރު 2025
ރޯދައިގެ ކުރީން މިސްކިތްތަކުގެ 15 މަޝްރޫޢުއެއް ނިމޭނެ
09 އޮކްޓޯބަރު 2025
|
މިހާރު އިމާރާތް ކުރަމުންދާ މިސްކިތެއް
މާލެ ސަރަހައްދާއި އަތޮޅުތަކުގެ މިސްކިތްތަކުގެ 15 މަޝްރޫޢެއް ނިމި އަންނަ ރަމަޟާން މަހުގައި ބޭނުންކުރަން ފެށޭނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މިއަދު ބުނެފި އެވެ.
އެ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވިދާޅުވީ މާލެ ސަރަހައްދާއި އަތޮޅުތަކުގެ މިސްކިތްތަކުގެ 15 މަޝްރޫޢެއް ނިމި އަންނަ ރަމަޟާން މަހުގައި ބޭނުންކުރަން ފެށޭނެ ކަމަށެވެ. އަދި މީގެ ތެރެއިން ބައެެއް ތަންތަން މިހާރު ހުރީ ނިމިފަ ރަސްމީކޮށް ހުޅުވަންވެފައި ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް ބިނާކުރުމުގެ ގިނަ މަޝްރޫޢުތަކެއް އެބަ ހިނގަ އެވެ. އޭގެ ތެރޭގައި މީގެ އަހަރުތަކެއް ކުރީން ފެށި މަސައްކަތް ވަރަށް މަޑުން ކުރިއަށްދިޔަ މަޝްރޫޢުތަކާއި ހުއްޓިފައި ވަނިކޮށް އަލުން ފަށާ ހަލުވި ކޮށްފައިވާ މަޝްރޫޢުތައް ހިމެނެ އެވެ.
ރައީސް މުޢިއްޒު ވެރިކަމަށް ވަޑަައިގެން އެފަދަ ވަރަށް ގިނަ މަޝްރޫޢުތައް އަލުން ފައްޓަވާފައިވެ އެވެ. ކުރީން ފެށިފައި ހުރި ގިނަ މަޝްރޫޢުތައް ހުއްޓިފައި ހުރީ ދައުލަަތުން ދޭން ޖެހޭ ފައިސާ ނުދީގެންނެވެ. އެހެން ކަމުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ސަރުކާރުން ވަނީ އެ މައްސަލަ ހައްލު ކުރައްވާފަ އެވެ.
އަދި މިސްކިތްތައް ނުނިމި ދިގުލައިގެންދާ މައްސަލަ ޙައްލު ކުރެއްވުމަށް ވެސް މިހާރު ވަނީ އައު އުސޫލަކަށް ޢަމަލު ކުރަން ފަށާފަ އެވެ.