ENGLISH
10 އޮކްޓޯބަރު 2025
ފައްޔާޒުގެ މައްޗަށް ރަަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ތުހުމަތު: އޭސީސީއަށް ހާޒިރުވާން އަންގައިފި
09 އޮކްޓޯބަރު 2025
|
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް -- ފޮޓޯ: އެޓޯލް ޓައިމްސް
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް, އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު މަޤާމުގެ ނާޖައިޒު ފައިދާ ނަންގަވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލައެއްގެ ތަހުޤީޤަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވާން އަންގައިފި އެވެ.
އޭނާގެ މައްޗަށް ތުހުމަތު އޮތީ ސްވިފްޓް އިންޖިނިއަރިން އަށް ލިބުނު ގެއްލުމުގެ ބަދަލުގައި ގޮތުގައި އެކަށީގެންނުވާ ބަދަލެއް އެ ކުންފުންޏަށް ދިނުމަށް 2019 ވަނަ އަހަރު އޮލްޓަރނޭޓް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމެޓީން ނިންމި ނިންމުމުގައި ފައްޔާޒު ބައިވެރިވެފައިވަނީ އެ ކޮމެޓީގެ މެންބަރެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އެ ކުންފުންޏަށް ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިނުމުގައި މަޤްސަދުގައި ކަމަށް ކުރެވޭ ތުހުމަތެވެ.
އެހެން ކަމުން އޭސީސީން ބަލަނީ އެގޮތަށް އަމަލުކޮށްފައިވާ ކަމަށް ބެލެވޭތީ ދައުލަތަށް ގެއްލުންވެފައިވާތީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަަކަށް ޢަމަލު ކުރި ކަމުގެ ތުހުމަތާއި ގުޅޭ މައްސަލަ އެކެވެ.
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން -- ރައީސް ސޯލިހްގެ ވެރިކަމުގައި އެ ވެރިކަމުގައި އިސްކޮށް ތިބި އެތައް ބަޔަކު ހިންގާ ކުންފުނިތަކަށް ބަދަލުގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ދިނުމަށް ނިންމި އެވެ. އެ ގޮތުން ބަދަލުގެ ގޮތުގައި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ބަހާލަން ނިންމާފައި އޮތެވެ.
އެކަމަށް މަގު ފަހިކުރަން ސަރުކާރުގެ ވެރީން ހިމެނޭހެން ރައީސް އޮފީހުގައި އޮތީ ކޮމެޓީއެއްވެސް ހަދާފަ އެވެ. ރައީސް މުޢިއްޒު ވަނީ ވެރިކަމަށް ވަޑައިގެން އެ ކޮމެޓީ އުވާލައްވާފަ އެވެ. އަދި ބަދަލު ދިނުން ހުއްޓުވި އެވެ.